ސީރިޔާގެ ހަލަބްގެ އެއަރޕޯޓު
ސީރިޔާގެ ހަލަބްގެ އެއަރޕޯޓު
ދުނިޔެ 22 Mar 2023 | 11:43

އިޒްރާއިލުން ހަލަބް އެއަރޕޯޓަށް ހަމަލާދިނުމަށް މިސައިލް ތަކެއް ލޯންޗްކޮށްފި

އިޒްރާއިލުން ސީރިޔާގެ ހަލަބް އެއަރޕޯޓަށް ހަމަލާދިނުމަށް މިސައިލް ތަކެއް ލޯންޗްކޮށްފިކަމަށް ސީރިޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފިއެވެ.

މިއީ އިޒްރާއިލުން 6 މަސްދުވަސް ތެރޭގައި ސީރިޔާގެ ހަލަބަށް ހަމަލާދޭ 3ވަނަ ފަހަރެވެ.

ސީރިޔާގެ ނިއުސްއެޖެންސީ ސަނާ އަށް މައުލޫމާތު ދިން ސިފައިންގެ މީހަކު ދިން މައުލޫމާތުގައި މި ހަމަލާގެ ސަބަބުން މީހަކު މަރުވި ކަމެއް އަދި މީހަކަށް އަނިޔާވި ކަމެއް ބުނެފައެއް ނުވެއެވެ. އޮފިޝަލް ދެއްވި މައުލޫމާތުގައި އިތުރަށް ވިދާޅުވެފައިވަނީ އިޒްރާއިލުން ލޯންޗުކުރި މިސައިލްތައް އަމާޒު ހިފައިފައި ހުރީ ހަލަބާއި ދިމާއަށްކަމަށެވެ.

ހަލަބްގެ އެއަރޕޯޓަކީ ފެބްރުއަރީ 6 ވަނަ ދުވަހު ސީރިޔާ އާއި ތުރްކިޔޭ އަށް އައި ބިންހެލުންތަކުގައި ސީރީޔާއިން ހާލުގައި ޖެހުނު ފަރާތްތަކަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީ ފޯރުކޮށްދޭ މައިދޮރާއްޓެވެ.

މިމަހުގެ ކުރީކޮޅުގައިވެސް އިޒްރާއިލުން ވަނީ ހަލަބްގެ އެއަރޕޯޓަށް ވައިގެ މަގުން ހަމަލާތަކެއް ދީފައެވެ. އެހަމަލާތަކުގެ ސަބަބުން އެއަރޕޯޓުގެ ރަންވޭއަށް ގެއްލުން ތަކެއް ލިބި ބޯޓުތައް ނުޖެއްސޭވަރުވެ އެ އެއަރޕޯޓު ބަންދު ކުރަންވެސް ޖެހުނެވެ.

އިޒްރާއިލުން ސީރިޔާ އަށް މިފަދަ އެތައްސަތޭކަ ހަމަލާތަކެއް ދީފައިވެއެވެ. އެހެންނަމަވެސް ހަމަލާތަކުގެ ޒިންމާ އިޒްރާއިލްގެ މިލިޓަރީ އިން ނަގައިފައވަނީ މަދުފަހަރަކުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.