މަސްތުވާތަކެތީގެ މައްސަލާގައި ފުލުހަށް ހާޒިރުކޮށްފައި އިން މީހަކު ފިލައިފި
މަސްތުވާތަކެތީގެ މައްސަލާގައި ފުލުހަށް ހާޒިރުކޮށްފައި އިން މީހަކު ފިލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފިލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި އިން މީހެއް ކަމަށެވެ.
އަދި އެމީހާ ފިލާފައި ވަނީ ރޭ ގާތްގަނޑަކަށް 12:57 ކަންހާއިރު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ދާދިފަހުންވެސް އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކުވެސް ފިލާފައިވެއެވެ. ފުލުހުންނަށް އޭނާ ފެނުނީ ރަސްދޫ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް