N/A
N/A
ހަބަރު 22 Jun 2021 | 17:47

އިންޑިޔަން ޑިޕްލޮމެސީގައި ދިވެހި ރާއްޖެ ނިކަމެތި ކުރުމާއި ދިވެހިންނަށް ދަތިކުރުން!!

މިހަފްތާގައި ރާއްޖޭގެ ނޫސްތަކުން އެންމެ ބޮޑަށް އަޅައިގަތް އެއް ސްޓޯރީއަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޓްވީޓަރއެކައުންޓުން ދިވެހި ބަހުން ޓުވީޓެއް ކުރައްވައިގެން އެކަމުގެ އުފާވެރިކަމުގެ ވާހަކަތަކެކެވެ.

އެކަން ޚާއްސަވިވަރުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޝުކުރުއަދާކުރައްވައިފިއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫހުގައި އެވާހަކަ ލިޔުނު ރިޕޯޓަރުވެސް ބުނެފައިވަނީ އެޓްވީޓުން ދިވެހިންނަށް ވަރަށް ބޮޑު އުފާވަރިކަމެއް ލިބިގެންގޮސްފިކަމަށެވެ.

އަޅުގަޑުވެސް ވަރަށް އުފާވިއެވެ. އެއީ ދިވެހިބަސް އެގިވަޑައިނުގަތަސް ދިވެހިބަހުން ލިޔުއްވާފައި ދިވެހިންނަށް އިންޑިޔާގެ ބޮޑުވަޒީރުގެ ހިތްޕުޅުގައި އުފެދިފައި އޮތް ގަދަރާއި ހިތްހެޔޮކަން ފެނިފައެވެ. ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ހައިކޮމިޝަނަރަކީވެސް އެކަހަލަ ހިތްހެޔޮބޭފުޅެކެވެ. އެއީ ދިވެހިންނަށް ކުރައްވާ ޓްވީޓްތަކުގައި ވަރަށް ގިނައިން ދިވެހިބަހުން ބޭނުންކުރާ ހެޔޮދުއާ ސަލާމް ފޮނުއްވާތީއެވެ.

އިންޑިޔާގެ ބޮޑުވަޒީރުގެ ޓްވީޓެއް ރާއްޖެއާއި ގުޅޭގޮތުން މިއައީ ދިވެހި މީޑިއާގައި ސުރުޚީހަދާލި ދެތިން ހާދިސާއަކަށްފަހުއެވެ.

އެއްކަމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިއެއްކަމަށްވާ އާދަމް ޝަމީމް ބޭސްފަރުވާއަކަށް އިންޑިޔާގެ ޓްރިވެންޑްރަމަށް ދިޔުމުން 30ހަކަށް ގަޑިއިރު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބައިންދާފައި އެރަށަށް ނާރުވައި އަނބުރައި ފޮނުވާލުމެވެ. އަނެއްކަމަކީ ރާއްޖޭގެ ގާނޫން ހަދާމަޖިލީހުގެ އިސްމެމްބަރަކު ޚާއްސަކޮށް ވެރިކަންކުރާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިންމަނިކު ދިޔައިމަ އިންޑިޔާއަށް ނާރުވައި ފޮނުވާލުމެވެ.

މިއީ ރާއްޖޭގެ މަޝްހޫރު ބައެއް ބޭފުޅުންނާއިމެދު އަމަލުކޮށްފައިވާ ގޮތެކެވެ. ނޫސްތަކަށް މާކަބޮޑު އެގުމެއްނެތި މިކަހަލަ ކިތަންމެ ހާދިސާއެއް ދިވެހިންނަށް އިންޑިޔާގައި ކުރިމަތިވެއެވެ. ބޮޑަށް މިކަހަލަ ދަތިތައް ކުރިމަތިކުރަނީ އިންޑިޔާ ރުޅިއައުމުންނެވެ.

އޭގެއިތުރަށް ޕާކިސްތާން ނުވަތަ ޗައިނާއަށް ދަތުރެއްކޮށްފައި އިންޑިޔާއަށްގޮސްފިނަމަ ދެން އެޖެހުނީ ކަންތަކާއެވެ. ބައެއް ދިވެހިން ބްލެކްލިސްޓަށް ލައިގެންއުޅެނީ ސަލަފް ޖަމްއިއްޔާއާއި ގުޅުން އޮންނަކަމަށް ބަލާފައެވެ. ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ސޯޝަލް މީޑިއާގައި ފޮލޯކޮށްލިޔަސް އެލިސްޓަކަށް އަރައިގެން އިންޑިޔާއަށް ދިޔައިމާ ސުވާލުކޮށް ބައެއް މީހުން އިންޑިޔާއަށް ނާރުވައި ފޮނުވާލާފައި އެބަހުއްޓެވެ. މިއީ އަދި ކުޑަވަރެކެވެ.

ބޮޑުވަޒީރު މަންމޯހަން ސިންގ ގެ ބަވާލުން

ހަނދާނުގެ ފީތާ އަބުރާލުމުން ގޮސް ހުއްޓެނީ 2011ވަނަ އަހަރުގެ ދުވަހަކަށެވެ. އައްޑޫގައި ބޭއްވި ސާކު ސަމިޓަށްފަހު މާލެވަޑައިގެން އިންޑިޔާއާއި ދިވެހި ރާއްޖެއާއިދެމެދު ސަލާމަތީ އެއްބަސްވުމެއްގައި ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދާއި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގ ސޮއިކުރެއްވިއެވެ. އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދުގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ފޮތުގެ 263 ވަނަ ޕޭޖްއަށެވެ. އެއްބަސްވުމުގައި ސޮއިކުރެއްވި ދުވަހު ވަހީދު އެތަނުގައި އިންނަވައިގެން އެމަންޒަރު ސިފަކޮށްދެއްވާފައިވެއެވެ.

" ދިވެހި ރާއްޖެއިން ސީދާ މަލިކަށް ދަތުރުކުރެވޭނެގޮތެއް މިޑޮކިއުމަންޓްގައި ހިމެނުން މުހިއްމެވެ. އެހެންވިދާޅުވުމުން މަންމޯހަންގެ މޫނުފުޅުގައި ހީވީ އެއްޗަކުން ޖެހިހެންނެވެ. ސިންގހު ވިދާޅުވެއްޖެއެވެ. ތިވާހަކަ މިހާތަނަށް ދެކެވިފައެއް ނެތެވެ. ދެން ނަޝީދު ވިދާޅުވެއްޖެއެވެ. މިވާހަކަ އިބްރާހިމް ހުސައިންޒަކީ ދެންނެވި ނޫންހެއްޔެވެ. ބޮޑުވަޒީރު އަރިހުގައި އެވާހަކަ ދެންނެވީމުނޫންތޯއޭ ޒަކީއަށް ބައްލަވާލައްވާފައި ނަޝީދު ވިދާޅުވިއެވެ. ދެން އަދި ބޮޑުވަޒީރު މާބޮޑަށް ކޯފާވިއެވެ. ކޯފާވެފައި އިންނަވައިގެން މަންމޯހަން ވިދާޅުވެއްޖެއެވެ. މިސްޓަރ ޒަކީ، ދިސް އިޒް ނޮޓް ދަވޭ ޔޫ ޑޫ ތިންގްސް.. އޭނާގެ އިބާރާތް ވަރަށް ހަރުކަށްޓެވެ. ދެން އެއާއިބެހޭ އެއްވެސް ވާހަކައެއް ނުހިމަނައި އެދުވަހު ފުރާވަޑައިގަތުމުގެ ކުރިން ސޮއިކުރަންޖެހޭ ޑޮކިއުމަންޓްތަކުގައި ދެބޭފުޅުން ސޮއިކުރެއްވީއެވެ."

މިތަންކޮޅު ކިޔާނިމުނީމާ އަޅުގަޑުގެ ޚިޔާލަށް އައީ އަޅުގަޑުމެންގެ ކުރީގެ ޚާރިޖީވަޒީރު ޑޮކްޓަރ ޝަހީދު މިކަމަށް އިޝާރާތްކުރައްވާނެގޮތަކާއިމެދުއެވެ.

ހެޔޮއެދޭ ގައުމެއްގެ ރިވެތި ޑިޕްލޮމެސީ ބޭނުންކުރެއްވުމޭ ވިދާޅުވެދާނެކަމާއިމެދު އަޅުގަޑަށް ޝައްކެވެ. ޝަހީދުގެ މަތިން ހަދާންވީ ދިވެހި ރާއްޖޭން މިހާރު ބޭނުންކުރާ ކޮމާޝަލް ޑިޕްލޮމެސީ ރައީސް މައުމޫންގެ ވެރިކަމުގައި ގެންގުޅުއްވަން ފެށްޓެވީ އޭނާކަމަށްވެފައި ރާއްޖޭގެ މިހާރުގެ އެންމެ މޮޅު ޑިޕްލޮމެޓުންގެތެރޭގައި އޭނާ ވާނެކަމަށް އަޅުގަޑަށް ގަބޫލުރެވޭތީއެވެ.

ބޮޑުވަޒީރު މަންމޯހަންގެ ބަހުރުވަޔަށް ވިސްނަންޏާ ބިރުދެއްކުމޭ ނުބުނެވޭނެތޯއެވެ. ރާއްޖޭގެ އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓުކަމަށްވާ އިބްރާހިމް ހުސައިން ޒަކީއަށް އަޅުގަނޑުމެންގެ ރައީސްގެ ކުރިފުޅުމަތީގައި ކޯފާވެގެން ބަވާލެއްވީއެވެ.

އަޅުގަޑުމެންގެ ރައީސް އެއެއްބަސްވުމުގައި ހިމަނަން ބޭނުންވި އެއްވެސް ކަމެއް ނުހިމަނައި އިންޑިޔާ ސަރުކާރުން ބޭނުންވިގޮތަކަށް ދިވެހިރާއްޖެ އަމަލުކުރަން މަޖްބޫރުކުރުވާ، ހަމައެކަނި އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ބޯލަބަންޖެހޭގައުމަކަށް ދިވެހި ރާއްޖެ ހެދުމުގެ އެއްބަސްވުމެއްގައި އަޅުގަޑުމެންގެ ރައީސް ލައްވައި ސޮއިކުރުވީއެވެ.

އެއްބަސްނުވިނަމަ ބަޖެޓް ދެކޮޅުޖައްސަން ދޫކޮށްފައި އޮތް 100 މިލިޔަން ޑޮލަރުގެ ލޯންފައިސާ ވަހީދުގެ ވެރިކަމުގައި ތާށިކުރިގޮތަށް ތާށިކުރީހެވެ. އެއެއްބަސްވުމުގެދަށުން އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖޭގައި ރާޑަރު ބަހައްޓައި ހެލިކޮޕްޓަރު ފޮނުވިއެވެ.

ދިވެހި ރާއްޖެއަކީ އިންޑިޔާގެ ބެކްޔާޑެއް ނޫނެވެ.

އިންޑިޔާ ރުޅިއަންނަ ކޮންމެފަހަރަކު ދިވެހިންނަށް ދަތިކުރެއެވެ. ރައީސް ވަހީދުގެ ދުވަސްވަރު ދިވެހި ރާއްޖެއާއިދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއެވެ. މިހެންގޮސް އަވަށްޓެރި ބިގް ބްރަދާ އަވަށްޓެރި ކުޑަކުޑަ ދިވެހި ރާއްޖެއަށް ނުކުރާ އުދަގުލެއް ނެތެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ރާއްޖެއަށް އަސްކަރީ ހަމަލާއެއް ދޭން އިންޑިޔާގެ އަސްކަރީ ޖެޓްތައް ތައްޔަރުކޮށްހެދިވާހަކަ ޖެހީ ޚުދު އިންޑިޔާގެ ނޫސްތަކުގައެވެ. އެންމެފަހުން އަޅުގަޑުމެންނަށް މިއަޑުއިވުނީ އިންޑިޔާއިން އެހީވެގެން ވެރިކަމަށް ވަޑައިގެންނެވި އަވަށްޓެރި ސްރީލަންކާގެ ރައީސް ސިރިސޭނާ އަވަހާރަކޮށްލަން އިންޑިޔާގެ ޖާސޫސުން އުޅޭކަމުގެ ތުހުމަތު ސީދާ ލަންކާ ރައީސް ކުރެއްވި ވާހަކައެވެ.

އަޅުގަނޑަށް އިވިފައިވާގޮތުގައި ރައީސް މައުމޫންގެ ވެރިކަމުގައިވެސް ކޮންމެވެސްކަމަކާ އިންޑިޔާއިން ރުޅިއައިސްގެން ރައީސް މައުމޫން ލައްކަދުވަސްވަންދެން އިންޑިޔާއަށް ދަތުރުފުޅު ނުކުރައްވާ ހުންނެވިކަމަށެވެ. އިންޑިޔާގެ ޑިޕްލޮމެސީގައި ދިވެހި ރާއްޖެއާއިމެދު ދެކޭގޮތް އެތާގެ ނޫސްތަކުގައި ޖަހައެވެ.

ދުނިޔޭގެ އެހެންމީހުންނަށް ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއަކަށްވިޔަސް އިންޑިޔާ ދެކެނީ މިއީ އެމީހުންގެ ބެކްޔާޑްކަމަށެވެ. އެމީހުންގެ ފަގީރުން ނުވަތަ މޭޑިން އިންޑިޔާގެ ކުނިއަޅާ ގޮނޑެވެ. އަވަށްޓެރިންނާމެދު ގެންގުޅެނީ ކޮލޯނިއަލް ޒަމާނުގެ ގޮށްމުށުގެ ބާރުދައްކާ މުސްކުޅި ޑިޕްލޮމެސީއެވެ.

މޯދީ ދިވެހި ބަހުން ޓްވީޓެއް ކުރައްވައިގެން ބަޔަކު އުފާވިޔަސް ދިވެހި ރައްޔިތުން ނިމިދިޔަ އެކިއެކި ދުވަސްވަރުތަކުގައި އިންޑިޔާއިން އަމަލުކޮށްފައިވާގޮތުން އުފަލަންޖެހިފައިވަނީ ދަތިތަކާއި އުނދަގޫތަކެވެ. ވަހީދުގެ ވެރިކަމުގައެވެ. ޔާމީންގެ ވެރިކަމުގެ މެދަކާ ހަމައިންނެވެ. ކޮންމެވެރިކަމެއްގައިވެސް އިންޑިޔާއާއެކު މާމުއި ހަނދުގެ ދުވަސްކޮޅެއް ދެއެވެ. ދެން ފެންނަނީ މުޅިން ތަފާތު މޫނެކެވެ.

މޯދީ ދިވެހިބަހުން ޓްވީޓެއް ކުރެއްވީ ދިވެހިންނަށް ހެޔޮއެދޭވަރުންހެއްޔެވެ. އިންޑިޔާ ޑިމާންޑްކުރާކަންކަމަށް ނޮވެމްބަރުމަހު ހުވާކުރައްވާ އާ ރައީސް ފަސްޖެހިވަޑައިގެންފިނަމަ ވާނީ ކިހިނެތް ހެއްޔެވެ. އަވަށްޓެރި ސްރީލަންކާގެ ރައީސްވެސް މިހާރު ހުންނެވީ ވަރަށް ބިރުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
10 Nov 2026 ހަބަރު

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި
10 Nov 2026 ހަބަރު

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމާލައިފިއެވެ.

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު
10 Nov 2026 ހަބަރު

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު

ވަޒީފާތައް ބަހައިގެން ސިޔާސީ މަންފާއެއް ނުހޯދޭނެ ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އަދި މިހާރުގެ ސަރުކާރަށް ވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
10 Nov 2026 ހަބަރު

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ
10 Nov 2026 ހަބަރު

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ

މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މަސްދަޅުކޭސް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވިނަމަވެސް މިހާރު އެކަންކަން ހައްލުވެފައިވާކަމަށެވެ

މޫސުން ވަރަށް ގޯސް؛ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި
10 Nov 2026 ހަބަރު

މޫސުން ވަރަށް ގޯސް؛ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލުނެރެފިއެވެ.

ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިގެން ފަރުވާދެނީ
10 Nov 2026 ހަބަރު

ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިގެން ފަރުވާދެނީ

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަލިފާން ރޯވުމުގެ ސަބަބުން އޭނާގެ ކަރަށާއި މޭމަތި ފިހިފައިވާ ކަމަށާ، މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.