މިޔަރު ހަމަލަދިން ފަތުރުވެރިޔާއަށް އައިސީޔޫގައި ފަރުވާދެނީ
މިޔަރެއް ހަމަލަދިނުމުގެ ސަަބަބުން އަނިޔާވިި ފަތުރުވެރިޔާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި، އެނބޫދޫ ކައިރިން ފީނަން އުޅުމުގެ ތެރޭގައި ޒަހަމްވެފައި ވަނީ 27 އަހަރުގެ އަންހެން ފަތުރުވެރިއަކަށެވެ.
އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ޒަހަމް ވެފައި ވަނީ އޭނާގެ ކަނާތު އުޅަނބޮށީގެ ބަޔަކަށެވެ. އަދި އޭނާގެ އަތުން ގިނަ އަދަދަކަށް ލޭ އަހިސްފައިވެއެވެ.
އޭނާއަސް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގައެވެ.
ފަހަކަށް އައިސް މިޔަރު ހަަމަލާ ދިނުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި ފީނަންދާ ފަރާތްތަކާއި މަސްވެރިން ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް