މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއުގެ ބައްޕަ ނިޔާވެއްޖެ
މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއުގެ ބައްޕަ، މ.ބިގްފިޝް އިބްރާހިމް ދާވޫދު ނިޔާވެއްޖެއެވެ.
ޔޫސޭގެ ބައްޕާފުޅު ނިޔާވެފައިވަނީ ރޭގެ މެންދަމުގެ ވަގުތެއްގައެވެ.
ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫސޭގެ ބައްޕާފުޅު ނިޔާވީ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ފަރުވާ ދިނުމަށްފަހު ގެއަށްވެސް ބަދަލުކުރި ފަހުން، އަނެއްކާ ހާލު ސީރިއަސް ވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އިބްރާހިމް ދާވޫދުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް