ގަލޮޅުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މާލެ ސިޓީގެ ގަލޮޅުގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މިއަދު ކަރަންޓު ކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަށް ކުރަމުންދާތީ ކަމަށެވެ. އެ މަސައްކަތް ހިނގާއިރު މިއަދު މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށް ގަލޮޅުގެ ބަނަފްސާ މަގާއި، ބޮޑުރަސްގެފާނު މަގާއި، ސަހަރާ މަގާއި، ނިޔަނދުރު ގޯޅި އަދި އަލިކިލޭގެފާނު މަގު ހިމެނޭ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކަރަންޓުގެ ޚިދްމަތް މެދުކެނޑިގެން ދިޔުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފަ އެވެ.
ސްޓެލްކޯއިން ދޭ ކަރަންޓުގެ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެކުންފުނިން ދޭތެރެ ދޭތެރެއިން އަޕްގްރޭޑިންގެ މަސައްކަތްތަް ކުރިއަށް ގެންދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް