ށ ފުނަދޫގައި ބޭއްވި ޖަލްސާގައި ޤާސިމް  ވާހަކަދައްކަވަނީ. ފޮޓޯ: ޖޭޕީ
ށ ފުނަދޫގައި ބޭއްވި ޖަލްސާގައި ޤާސިމް ވާހަކަދައްކަވަނީ. ފޮޓޯ: ޖޭޕީ
ހަބަރު 22 Aug 2023 | 16:10

އަޅުގަނޑު އެދެނީ އަޅުގަނޑު ފަދައިން ފުދުންތެރި ބަޔަކަށް ދިވެހި ހުރިހާ ރައްޔިތުންވާން: ޤާސިމް

ދެކެން ބޭނުން ވަނީ ހުރިހާ ދިވެހިންނަކީވެސް ޤާސިމް ފަދައިން ފުދުންތެރި ބަޔަކަށް ވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ހދ ހިރިމަރަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

"އަޅުގަނޑު ނޫޅެން ކޮންމެ މަހަކު ރައްޔިތުންގެ ފައިސާއި ހަތަރު ފަސް ލައްކަ ރުފިޔާ މަހަކު މުސާރައަށް ނަގައިގެން އުޅޭކަށް، އެކަން ހިތުގައި އޮތް މީހެއް ނޫން އަޅުގަނޑަކީ، ކީއްކުރަންތޯ، އަޅުގަނޑަކީ އެއަށްވުރެ މާ ގިނަ ފައިސާ މާގިނަ ތަނަވަސްކަން މާތް الله ދެއްވާފައިވާ މީހެއް" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އޭނާ އަކީ އޭނާއަށް ދެއްވާފައިވާ ތަނަވަސްކަމުން ދިވެހި ރައްޔިތުންނަށްޓަކައި އިންސާނިއްޔަތަށްޓަކައި ބަހަމުން ހޭދަކުރަމުން ދާމީހެއް ކަމަށެވެ.

"އަޅުގަނޑުގެ އުފުލަކީ އަޅުގަނޑުގެ ހިތްހަމަ ޖެހުމަކީ މި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ތަނަވަސްކަމާއި އުފާފާގަތި ކަމާއި މިނިވަންކަމާއި އެކުގައި  އަޅުގަނޑެކޭ އެއްފަދައިން ކުރިއަރައިގެން ދިއުން" ޤާސިމް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލެއްވީ ޤައުމުގެ އަމާންކަމާއި ސަލާމަތަށް ޓަކައި ކަމަށެވެ. އަދި އެކަން ކުރެއްވުމަށް މަޖުބޫރު ކުރުވި ސަބަބުވެސް މިއަދުގެ ވާހަކައިގައި ޤާސިމް ވަނީ ވިދާޅުވެދެއްވާފައެވެ.

އެގޮތުން ޤާސިމް ވިދާޅުވީ  އޭނާއަކީ ރާއްޖޭގައި މިހާރު މިއޮތް ޑިމޮކްރެޓިކް ޙަޔާތް ގެނައުމަށްޓަކައި، ތަނަވަސްކަމާއި މިނިވަންކަން ގެނައުމަށްޓަކައި ރައްޔިތުންގެ ކުރިމަގަށްޓަކައި ތަފާތު ގިނަގުނަ މަސައްކަތްތަކެއް  1984ވަނަ އަހަރުން ފެށިގެން ކުރަމުން އައި މީހަކަށްވެފައި އޭގެ އެންމެބޮޑު ޒިންމާއެއް އުފުލައި އޭގެ އެންމެ ބޮޑު އަނިޔާއެއް ލިބި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މުޅި އާއިލާއަށްވެސް ލިބިފައިވާ މީހަކީ އޭނާ ކަމަށް ޤަބޫލު ކުރާތީ ކަމަށެވެ.

މީގެއިތުރުން ޤާސިމް ވިދާޅުވީ މިއަދު މިއޮތް ރޯޝަނީ ކަމާއި މިނިވަންކަން ގެއްލިގެން ދާއިރު އެކަންއެހެންދާއިރު ރައްޔިތުންނާއި ހަމައަށް އަޑު ނުއިއްވާ ދިއުމަކީ ޒަމީރު ޤަބޫލުކުރާ ކަމަކަށް ނުވާތީ ކަމަށެވެ.

ޤާސިމް ވިދާޅުވީ ރައްޔިތުން ވެރިކަމަށް ހޮވާނީ ކޮންބޭފުޅެއްކަން އެނގޭނީ ރައްޔިތުންނަށް ކަމަށެވެ. ނަމަވެސް އެނގެން އޮތް އެއްޗަކީ  މިހާތަނަށް ވެރިކަމަށް އައި ކޮންމެ ޕާޓީއެއްވެސް ވެރިކަމަށް އައިސްފައިވަނީ ޖުމްހޫރީ ޕާޓީގެ ތާއީދާއި އެކުގައި ކަމަށެވެ.

ޤާސިމް ތަކުރާރުކޮށް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށްވުރެ މުހިންމީ މިދައުލަތުގެ ރައްޔިތުންގެ މިނިވަންކަމާއި އިސްތިޤްލާލު ކަމަށެވެ.

އިންތިޚާބަށް ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު ހުރިހާ ކެންޑިޑޭޓުންވެސް ދަނީ ކޮންމެވެސް ގޮތަކުން ކެމްޕޭނު ކުރައްވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
15 Oct 2026 ހަބަރު

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް

އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.