ކޮއްދިއްޕަރު ރިސޯޓް ކައިރީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
ކޮއްދިއްޕަރު ރިސޯޓް ކައިރީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ކޮއްދިއްޕަރު ރިސޯޓްކައިރީގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެފްއާރުއެސް އަށް ލިބިފައިވަނީ 12:09 ހާއިރު ކަމަށް އެމްއެެންޑީއެފުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް