ޓިކްޓޮކްގައި ބަރަހަނާވި ޔާޔާ ނަބީލް އެއް އަހަރަށް ޖަލަށް
މީސްމީޑިއާގައި އަންހެން ފޭރާން އަޅައިގެން ބަރަހަނާވި މުހަައްމަދު ނަބީލް (ޔާޔާ) އެއް އަހަރު ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ މިއަދު އެވެ.
ޔާޔާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.
މީސްމީޑިއާަގައި އަންހެން ފޭރާން އަޅައިގެން އުޅުނު ޔާޔާ ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ބަންދުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާންމުކުރުމުގެ މައްސަލައިގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް