ރައީސުލްޖުމްހޫރިއްޔާ އުތުރުގެ 4 ރަށަކަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އުތުރުގެ 4 ރަށަކަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގަންނަވާނި ހއ.އުތީމަށާއި ދިއްދުއަށާއި ހދ.ފިނޭއަށާއި ނައިވާދުއަށްކަމަށެވެ.
މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ މިމަހުގެ 26 އިން މިމަހުގެ 28 އަށެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ ހަތަރު ރަށުގައި މިހާރު ފަށާފައިވާ ބައެއް މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ހއ.އުތީމުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް