ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު 22 Sep 2022 | 11:23

ކުރީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނީ ނަމަކަށް, ފޮޓޯ އެއް ނަގާލަން: މިއުވާން

ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިން ނަމަވެސް، އެކަން ކޮށްފައި ވަނީ އެކަން ކުރީމޭ ބުނަން 'ނަމަކަށް'، ހަމަ އެކަނި ފޮޓޯއެއް ނަގާލަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވީ، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ޔާމީންގެ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވަރަށް ކާމިޔާބު ޕްރޮގްރާމެއް ހިންގި ކަމަށާ، އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިސަރުކާރުން އެ ޕްރޮގްރާމް ނުވަތަ އެފަދަ އެހެންވެސް ޕްރޮގްރާމެއް ހިންގާތަން ނުފެންނަ ކަމަށް ބުނެ، މި ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ފުރުސަތުތައް ހޯދައިދިނުމަށް އެއްވެސް މަސައްކަތެއް ކުރަމުންދޭތޯ ނޫސް ވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ކާމިޔާބު ކަމާއިއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރި ކަމަށް ނޫސްވެރިޔާ ބުނި ވާހަކައަކީ އޭނާ އަށް ގަބޫލުކުރައްވަން އުނދަގޫ ވާހަކައެއް ކަމަށެވެ.

"ތެދުފުޅެއް! މިޕްރޮގްރާމް އެ ބޭފުޅުން ފެއްޓެވި. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފެނިގެން ދިޔައީ ނަމަކަށް ކަމެއް ފެށިތަން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އެބޭފުޅުންގެ ސްކިލްސް އަކީ ކޮބައިތޯ؟ ނުވަތަ އެބޭފުޅުންނަށް ކުރެވެނީ ކޮންކަހަލަ ކަންތައްތަކެއްތޯ؟ އެބޭފުޅުންގެ ސްކިލްސް ބޮޑަށް ހުރީ ކޮށް ދާއިރާ އަކުންތޯ؟ އެބޭފުޅުންގެ އެ ސްކިލްސް އާ ގުޅެނީ ވަޒީފާދޭ ކޮން ދިމާލަކުންތޯ؟ މިކަހަލަ މާބޮޑު ބެއްލެވުމެއްނެތި ދެން ހަމަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނީމޭ ބުނަން ފޮޓޯއެއް ނަގާލަން އެކަން ކުރި ގޮތަށް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ." ކުރީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިން ގޮތަށް ފާޑުވިދާޅުވެ މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ މަސައްކަތް މި ސަރުކާރުން ވެސް ކުރަމުންދާ ކަމަށާ، އެއީ ރައީސް ޞާލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން، ޖެންޑާރ މިނިސްޓްރީ އާއި ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން އެކަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ، މިސަރުކާރުން އެފަދަ ފަރާތްތަކަށް ވަޒީފާ ދޭ އިރު، އެފަރާތްތަކުގެ ހުނަރު ހުރީ ކޮން ދިމާއަކުންތޯ ބަލައި، އެ ފަރާތްތަކުގެ ހުނަރުގެ ބޭނުން ހިފޭނެ ތަންތަނުން ވަޒީފާ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން، އެއްވެސް ފަރާތެއް ބާކީ ނުކޮށް، ހުރިހާ އެންމެނަށް ހަމަހަމަ އުސޫލެއްގެ ދަށުން ވަޒީފާގެ ފުރުސަތު ތައް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައެވެ. އެހެން ނަމަވެސް މިސަރުކާރު އައި ފަހުން އެ މަސައްކަތް މަޑު ޖެހިފައިވާއިރު, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ބޮޑު ކުރުމަށް ރައީސް ޞާލިހު ވެވަޑައިގެންނެވި ވައުދު ވެސް އަދި އަދަށްވެސް ފުއްދިފައި ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.