ތުރުކިޔޭގެ މުޒާހަރާގެ ތެރެއިން -- ފޮޓޯ: އީއެފްއީ
ތުރުކިޔޭގެ މުޒާހަރާގެ ތެރެއިން -- ފޮޓޯ: އީއެފްއީ
ދުނިޔެ 22 Sep 2022 | 18:52

އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ތުރުކިޔޭގައި ވަރުގަދަ މުޒާހަރާއެެއް ބާއްވައިފި

އެއްޖިންސުން ގުޅުން ހިންގުމާއި އެކަމަށް ތާއީދު ކުރާ ޖަމާއަތްތަކާއި ދެކޮޅަށް ތުރުކިޔޭގައި ވަރުގަދަ މުޒާހަރާއެެއް ބާއްވައިފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ބޭއްވުނު މި މުޒާހަރާގައި ތުރުކިޔޭގެ މުސްލިމް އާބާދީގެ ގިނަ ބަޔަކު ބައިވެރިވި މި މުޒާހަރާގައި އެތައް ހާސް ބަޔަކު ފެނިގެން ގޮސްފައިވެއެވެ. މުޒާހަރާގެ ބައިވެރިން ދިޔައީ އެ ގައުމުގައި އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލުތައް އާންމުވުން ހުއްޓުވައި އެކަމަށް އެއްބާރުލުންދޭ ޖަމާއަތްތައް އުވާލުމަށް ގޮވާލާފައެވެ.

މުޒާހަރާގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާތަނަށް އެ ގައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މިހާތަނަށް 150،000 މީހުންގެ ސޮއެ ލިބިފައިވާ ކަމަށެވެ.

ތުރުކިޔޭގައި 1858 ވަނަ އަހަރުން ފެށިގެން އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނީ ކުށެއް ނޫނެވެ. ނަމަވެސް އެ ގައުމުގެ މުސްލިމް އާބާދީގެ ގިނަ ބަޔަކު އަންނަނީ އެއީ ގާނޫނީ ކުށަކަށް ހަދާ އެ ގައުމުގައި އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ތަކުރާރުކޮށް ނުރުހުން ފާޅުކޮށްފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކާއި އެއްޖިންސުން ގުޅުން ހިންގުމާއި އެއްކޮޅަށް މަސައްކަތް ކުރާ ގިނަ ޖަމާއަތްތަކުން ވަނީ މި މުޒާހަރާ ކުއްވެރިކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.