ކުޑަކުދިންނަށްދޭ ހުރިހާ ވައްތަރެއްގެ ދިޔާ ބޭހެއް ބޭނުންކުރުން އިންޑޮނީޝިއާގައި ވަނީ މަނާކޮށްފައި
ކުޑަކުދިންނަށްދޭ ހުރިހާ ވައްތަރެއްގެ ދިޔާ ބޭހެއް ބޭނުންކުރުން އިންޑޮނީޝިއާގައި ވަނީ މަނާކޮށްފައި
ދުނިޔެ 22 Oct 2022 | 10:31

އިންޑޮނޭޝިއާގައި ކުޑަކުދިންނަށްދޭ ހުރިހާ ވައްތަރެއްގެ ދިޔާ ބޭސް ބޭނުންކުރުން މަނާކޮށްފި

އިންޑޮނީޝިއާގައި ކުޑަކުދިންނަށްދޭ ހުރިހާ ވައްތަރެއްގެ ދިޔާ ބޭސް ބޭނުންކުރުން މަނާކޮށްފިއެވެ.

ކުޑަކުދިންނަށް ދޭ ހުރިހާ ދިޔާ ބޭސް ދިނުން މަނާކޮށްފައި މިވަނީ ކިޑްނީ މައްސަލައެއް ޖެހިގެން މަރުވާ ކުދިންގެ އަދަދު ގިނަވަމުންދާތީ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ކިޑްނީ މައްސަލައެއް ޖެހިގެން ކަމަށްބުނެ އިންޑޮނީޝިއާގައި ވަނީ ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައެވެ. އެގޮތުން އެގައުމުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް އެ ގައުމުގެ 241 ކުއްޖަކަށް ކިޑްނީ އިންފެޝަނެއް ކަމުގައިވާ "އެކިއުޓް ކިޑްނީ އިންޖަރީ" ޖެހިފައިވާއިރު، އޭގެ ތެރެއިން 133 ކުއްޖަކު މަރުވެފައިވާކަމަށެވެ. އެގޮތުން ގިނައިން މަރުވެފައިވަނީ 5 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް ބެލި ބެލުމުން އެ އިންފެކްޝަން ޖެހެނީ ދިޔާ ބޭސްތަކެއްގައި އެތިލީން ގްލައިކޯލް އަދި ޑައިތިލީން ގްލައިކޯލް ނަމަކަށްކިޔާ ދެ މާއްދާއެއް އެކުލެވޭތީކަން ޔަގީން ކުރެވިފައިވާކަމަށެވެ. އެހެން ކަމުން ސިރަޕް ބޭނުންކޮށްގެން ބޭނުންކުރާ ހުރިހާ ބޭހެއް ވިއްކުމާއި ޕްރިސްކްރިޕްޝަން ދިނުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.