14 ފޮށި ސިނގިރޭޓް ވަގަށް ނެގި މީހަކު ހަތް މަހަށް ޖަލަށް
ފިހާރައެއް ފަޅާލައިގެން ވަދެ، 14 ފޮށި ސިނގިރޭޓު ނެގި މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެމައްސަލައިގައި ހުކުމް ކޮށްފައިވަނީ ގއ. ކޮލަމާފުށި، ނަސީމީގެ، އަހުމަދު އާރިފްގެ މައްޗަށެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ ވައްކަން ކުރުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.
2019 ވަނަ އަހަރުގެ މާރޗު މަހުގައި މިނީ މާޓް ކިޔާ ފިހާރައެއްގެ ކުޑަދޮރުގެ ތަޅު، ކަށިގަނޑަކުން މަތާލައިގެން އެ ފިހާރައަށް ވަދެ އޭނާ ވަނީ 14 ފޮށި ސިނގިރޭޓް ވަގަށް ނަގާފައެވެ. މީގެ އިތުރުން ފިހާރައިގެ ކައުންޓަރުގައި ހުރި 490 ރުފިޔާވެސް ވަނީ ވަގަށް ނަގާފައެވެ.
މި މައްސަލައިގައި އޭނާ ކުށަށް އިއުތިރާފްވެފައިވާއިރު، މި މައްސަލައިގައި އޭނާގެ މައްޗަށް ހަތް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް