މަކިޓާ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ތިނަދޫގައި ފަށައިފި
ގދ. ތިނަދޫގައި ބާއްވާ "އެސްޓީއޯ މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް 2022″ މިރޭ ރަސްމީކޮށް ފަށައިފިއެވެ.
ތިނަދޫ ސްޓޭޑިއަމްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މުބާރާތް ފައްޓަވައިދެއްވީ ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީއާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އެވެ. މިރޭ ބާއްވާފައިވަނީ އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތެވެ.
މިރޭ ރަސްމިއްޔާތު ބާއްވާފައި ވީނަމަވެސް މުބާރާތުގެ ހަރަކާތްތައް ފެށިގެންދާނީ މާދަމާ ހެނދުނު އެވެ.
ތިނަދޫ ސްޓޭޑިއަމްގައި ބާއްވާ މި މުބާރާތުގައި ޖުމްލަ 1057 އެތުލީޓުން ވާދަ ކުރާއިރު ހަތަރު އުމުރުފުރާއަކުން 36 ސްކޫލެެއް ބައިވެރިވިއެވެ. މި މުބާރާތް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ ހަރަކާތްތައް ތިނަދޫގައި މާދަމާ ފަށާއިރު، މިއީ 2014 ގެ ފަހުން މިމުބާރާތް ތިނަދޫގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް