-
-
ހަބަރު 22 Oct 2026 | 06:08

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި

ވެބް ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ ޕީއެޗްޕީ ނިޒާމަށް ދިމާވި ނުރައްކާތެރި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން، ރާއްޖޭގެ ރަސްމީ ޑިޖިޓަލް ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

މޯލްޑިވްސް ޑިޖިޓަލް ސާވިސް (އެމްޑީއެސް) އިން ހާމަކޮށްފައިވާ ގޮތުގައި، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ (އެންސީއެސްއޭ) އާ ގުޅިގެން މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ ޕީއެޗްޕީގެ ސިސްޓަމްތަކުން ދާދިފަހުން ފާހަގަކުރެވުނު 'CVE-2026-109618' އަދި 'CVE-2026-109619' ގެ ނަމުން ނަންދީފައިވާ ނުރައްކާތެރި ދެ މައްސަލައަކާ ގުޅިގެންނެވެ.

މިއީ ސިސްޓަމްތަކަށް ހުއްދަނެތި ވަދެ، ނުފޫޒު ފޯރުވުމުގެ ފުރުސަތު ހުޅުވިދާނެ ކަމެއް ކަމަށްވާތީ، ސަލާމަތީ ޕެޗްތައް އެޅުމާއި، ނުރައްކާތައް ކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ އިތުރުން ސިސްޓަމްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް އެމްޑީއެސް އިން ބުނެއެވެ.

މި އިސްނެގުމުގެ މައިގަނޑު ބޭނުމަކީ ކުރިމަތިވެދާނެ ސައިބަރ ހަމަލާތަކުން ރައްކާތެރިވުމާއި، ހުއްދަނެތި ސިސްޓަމްތަކަށް ވަނުން ހުއްޓުވުމެވެ. އަދި ހަމައެއާއެކު، ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތަކާއި ވަސީލަތްތަކުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވިކަން އިތުރަށް ވަރުގަދަކުރުމެވެ.

މި މައްސަލައާ ގުޅިގެން، ޕީއެޗްޕީ ތަރައްޤީކުރާ ފަރާތްތަކުން ވަނީ މި ނުރައްކާތައް ޙައްލުކުރުމަށް ޚާއްޞަ ސަލާމަތީ އަޕްޑޭޓްތަކެއް ނެރެފައެވެ. އެހެންކަމުން މި ޓެކްނޮލޮޖީ ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ލަސްނުކޮށް ސިސްޓަމްތައް އަދާހަމަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ސަލާމަތީ ފިޔަވަޅުތައް ތަންފީޒުކުރަމުންދާއިރު، ސަރުކާރުގެ ބައެއް ޑިޖިޓަލް ޚިދުމަތްތަކަށް ވަގުތީގޮތުން ބުރޫއެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާ، ނަމަވެސް ޚިދުމަތްތަކަށް ދިމާވާ ދަތިތައް ވީހާވެސް ކުޑަކޮށް، ވީއެންމެ އަވަހަކަށް ޚިދުމަތްތައް އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީއެސް ބުނެއެވެ.

ޤައުމީ ފެންވަރުގައި ސައިބަރ ސެކިޔުރިޓީ ވަރުގަދަކޮށް، ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތަކަކީ އިތުބާރުހުރި، ރައްކާތެރި އަދި ދެމެހެއްޓެނިވި ޚިދުމަތްތަކެއްކަން ކަށަވަރުކުރުމުގައި މޯލްޑިވްސް ޑިޖިޓަލް ސަރވިސްއާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެ އިދާރާތަކުން އަރުވައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި
22 Oct 2026 ހަބަރު

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި
22 Oct 2026 ހަބަރު

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި

މިދިޔަ ދެ ދުވަހު ވެހުނު ބޯވިއްސާރައިގައި ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި

މި ޖާފަތް އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ، އައިވާން-އީ-ސަދްރުގައެވެ.

ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި
21 Oct 2026 ހަބަރު

ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވިއެވެ.

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓް، ދަތުރުކުރުން މަނާ
21 Oct 2026 ހަބަރު

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓް، ދަތުރުކުރުން މަނާ

އޮރެންޖް އެލާޓް ނެރުމުން އެ އަތޮޅުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް ވަނީ އަންގާފަ އެވެ.

މާލެއަށް ބޯކޮށްވާރޭވެހެނީ، މާލޭގެ ބޮޑު ބައެއް ފެނު އަޑީގައި
21 Oct 2026 ހަބަރު

މާލެއަށް ބޯކޮށްވާރޭވެހެނީ، މާލޭގެ ބޮޑު ބައެއް ފެނު އަޑީގައި

މާލެއަށް ބޯކޮށްވާރޭވެހެމުންދާއިރު ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި އެވެ.