އެމްޓީސީސީން ފެން ހިންދަނީ-
އެމްޓީސީސީން ފެން ހިންދަނީ-
ހަބަރު 22 Oct 2026 | 05:04

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި

މިދިޔަ ދެ ދުވަހު ވެހުނު ބޯވިއްސާރައިގައި ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، 21 އިން 22 އޮކްޓޫބަރު 2026 ގެ ނިޔަލަށް އެ ކުންފުނީގެ އިމަޖެންސީ ސަރވިސަސް ޓީމުތަކުން މެދުކެނޑުމެއްނެތި މަސައްކަތްކޮށް، ގްރޭޓާ މާލެ އެކި ސަރަޙައްދުތަކުގައި ފެން ހިންދާފައިވާ ކަމަށެވެ.

އެގޮތުން ފެން ހިންދާފައިވާ މައިގަނޑު ސަރަޙައްދުތަކަކީ؛

  • ބޮޑުތަކުރުފާނު މަގު، މަސްވެރިންގެ ޕާކު ސަރަޙައްދުން: 174.99 ޓަނުގެ ފެން

  • ސޯމިލް ސަރަޙައްދުން: 89.72 ޓަނުގެ ފެން

  • ބޮޑުތަކުރުފާނު މަގު، ހެންވޭރު ފެރީ ޓާމިނަލް ކައިރިން: 53.03 ޓަނުގެ ފެން

  • ހުޅުމާލޭ އޯލްޑް ކޭލާ ގެމަތަ ސަރަޙައްދުން: 50.08 ޓަނުގެ ފެން ވަނީ ޕަންޕު ބޭނުންކޮށްގެން ހިންދާފައެވެ.

ފެން ހިންދުމުގެ މަސައްކަތުގެ އިތުރުން، ފެންބޮޑުވުމުގެ ސަބަބުން ގެތަކަށާއި ފިހާރަތަކަށް ފެން ވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ވެލި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.

އެގޮތުން ޑަމްޕް ޓްރަކް ބޭނުންކޮށްގެން ހުޅުމާލެ ފޭސް 2 އިން މާލެއަށް ވެލި އުފުލައިދީފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ، ޢާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ލާބައަށްޓަކައި މިފަދަ ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި
22 Oct 2026 ހަބަރު

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި

ވެބް ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ ޕީއެޗްޕީ ނިޒާމަށް ދިމާވި ނުރައްކާތެރި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން، ރާއްޖޭގެ ރަސްމީ ޑިޖިޓަލް ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި
22 Oct 2026 ހަބަރު

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި

މި ޖާފަތް އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ، އައިވާން-އީ-ސަދްރުގައެވެ.

ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި
21 Oct 2026 ހަބަރު

ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވިއެވެ.

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓް، ދަތުރުކުރުން މަނާ
21 Oct 2026 ހަބަރު

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓް، ދަތުރުކުރުން މަނާ

އޮރެންޖް އެލާޓް ނެރުމުން އެ އަތޮޅުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް ވަނީ އަންގާފަ އެވެ.

މާލެއަށް ބޯކޮށްވާރޭވެހެނީ، މާލޭގެ ބޮޑު ބައެއް ފެނު އަޑީގައި
21 Oct 2026 ހަބަރު

މާލެއަށް ބޯކޮށްވާރޭވެހެނީ، މާލޭގެ ބޮޑު ބައެއް ފެނު އަޑީގައި

މާލެއަށް ބޯކޮށްވާރޭވެހެމުންދާއިރު ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި އެވެ.

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި
21 Oct 2026 ހަބަރު

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި

ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމަށް ދެ ލީޑަރުންވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.