އެމްއެންޑީއެފުން ދިޔަމިގިލީގައި އެޅި އިމާރާތް-
އެމްއެންޑީއެފުން ދިޔަމިގިލީގައި އެޅި އިމާރާތް-
ހަބަރު 22 Nov 2026 | 08:29

ދިޔަމިގިލީ ސްކޫލުގައި ސިފައިން އިމާރާތް ކުރަންފެށި 3 ބުރީގެ އިމާރާތުގެ މަސައްކަތް 235 ދުވަހުން ނިންމާލައިފި

10 ކުލާސްރޫމް ހިމެނޭ ގޮތަށް ތ. ދިޔަމިގިލީ ސްކޫލުގައި އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ) ގެ ސިފައިން ބިނާކުރި ތިން ބުރީގެ އިމާރާތުގެ މަސައްކަތް ނޮވެމްބަރު 21 ވަނަ ދުވަހު ފުރިހަމަކޮށް ނިންމައިފިއެވެ.

މާރިޗު 31 ވަނަ ދުވަހު ފެށި މި މަޝްރޫޢުގެ މަސައްކަތް 235 ދުވަހުގެ ތެރޭގައި ނިންމުމަށް ސިފައިން ރެޔާއިދުވާލު މެދުކެނޑުމެއް ނެތި މަސައްކަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ކުރިން ހުރި އިމާރާތުގެ ސްޓްރަކްޗަރަށް ލިބިފައި ހުރި ގެއްލުންތައް މަރާމާތުކޮށް، އިތުރު ކޮލަމްތައް ޖަހައި ސްޓްރަކްޗަރ ވަރުގަދަކުރުމުގެ އިތުރުން ކޮންކްރީޓް މަސައްކަތާއި ރޭނުމާއި ސިމެންތި ޖެހުމާއި ފުރާޅުގެ މަސައްކަތްތައް ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކުލާސްރޫމްތަކާއި ފާޚާނާތަކާއި ސިޑިގޮޅީގައި ސީލިންގކޮށް ތަށިމުށި ޖެހުމާއި، ކޯރިޑޯތަކާއި ސިޑިތަކުގައި ރެއިލިން ހަރުކުރުމާއި، ފެން ވައިރުކުރުމާއި ފާޚާނާ ހޮޅި އެޅުމާއި ކަރަންޓް ނެޓްވޯކް ޤާއިމުކުރުމާއި، އައިސީޓީ ނަރުތައް އެޅުމާއި ސަރވަރ ރެކް އަދި ޕީއޭ ސިސްޓަމް ހަރުކުރުމާއި ފަޔަރ އެކްސްޓިންގުއިޝާ ބެހެއްޓުމާ ހަމައަށް ސިފައިން ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ މެނޭޖަރަކީ އެމްއީގެ ވޮރަންޓް އޮފިސަރ 2 ޖަޢުފަރު މުޙައްމަދެވެ. އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއީގެ ފަސްޓް ސާޖަންޓް އަޙްމަދު ޚާލިދެވެ. އެމްއެންޑީއެފުން ފާހަގަކުރި ގޮތުގައި ސަރވިސް ކޯރގެ ސިގްނަލްސްއާއި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) ގެ ޓެކްނިކަލް އެހީތެރިކަމާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ އެއްބާރުލުން ވެސް މި މަޝްރޫޢަށް ލިބިފައިވެއެވެ.

މަސައްކަތް ފެށީއްސުރެ ނިމެންދެން ދިޔަމިގިލީ ރައްޔިތުންގެ ފަރާތުން ބައެއް މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، އެކިއެކި ގޮތްގޮތުން ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

މިސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު މާލީ އިދާރާތަކުން ބަލައިގެންފި: ރައީސް މުއިއްޒު
07 Feb 2024 ހަބަރު

މިސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު މާލީ އިދާރާތަކުން ބަލައިގެންފި: ރައީސް މުއިއްޒު

މި ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައިސް ޤައުމުގެ އިޤްތިޞާދު  ރަނގަޅުކުރުމަށް ފެށި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދު މިހާރު ހުރީ ރަނގަޅު މިސްރާބަށް ކަމަށް ވަރލްޑް ބޭންކާއި އައި....