ބުރިޖު ކައިރީގައި އެކްސިޑެންޓެއް ހިނގައިފި
ސިނަމާލެ ބްރިޖު ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ހެނދުނު 8:50 ހާއިރު، މާލެ އިން ބްރިޖަށް އަރަން އިންނަ މަގު ކައިރިން އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓް ވެފައި ވަނީ, މާލެއިން ބްރިޖަށް އަރަން އިންނަ މަގުގައި ޕެޓްރޯލް ހުސްވެގެން މަޑުކޮށްގެން އޮތް ކާރެއްގައި ސައިކަލު ޖެހިގެން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދެމީހުންނަށް ކަމަށާ، އެ ދެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް