ރީތި ތާރީހުގައި، ފެމިލީކޯޓުގައި 58 ކައިވެނި
މިއަދުގެ ރީތި ތާރީޚުގައި، ފެމެލީ ކޯޓުގައި 58 ކައިވެނި ކުރަން ހަމަޖެހިފައި ވާކަމަށް އެ ކޯޓުން ބުނެފިއެވެ.
ފެމެލީ ކޯޓުން ބުނެފައި ވަނީ، މިއަދު 25 ކާވެނި ރަސްމީ ގަޑީގައި ކޯޓުގައި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު 33 ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ނުރަަސްމީ ގަޑީގައި ކަމަށެވެ.
ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ދިވެހިންގެ ތެރޭގައިވެސް މިހާރު ހަރުލާފައިވާ އާދައެކެވެ. އެގޮތުން ކޮންމެ ރީތި ތާރީހެއްގައި ގިނަ އަދަދެއްގެ ކައިވެނިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެއެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުވެސް މާލޭގެ ފެމިލީ ކޯޓުގައި 29 ކައިވެނި ރަޖިސްޓްރީކޮށްދީފައިވެއެވެ. އަދި މިދިޔަ މަހުގެ 11ވަނަ ދުވަހު ފެމިލީ ކޯޓުގައި ރަޖިސްޓްރީ ކޮށްގެން 16 ކައިވެނި ކޮށްފައިވެއެވެ.
މި އަހަރު އެންމެ ގިނަ ކައިވެނި ކުރީ، މިއަހަރުގެ އެންމެ ރީތި ތާރީޚު ކަމަށްވާ 22.02.22ގައެވެ. އެ ދުވަހު ފެމިލީ ކޯޓުގައި ރަޖިސްްޓްރީކޮށްގެން 85 ކައިވެނި ވަނީ ކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް