އެޗްޑީސީގެ އައު އޮފީސް : ފޮޓޯ/ އެޗްޑީސީ
އެޗްޑީސީގެ އައު އޮފީސް : ފޮޓޯ/ އެޗްޑީސީ
ވިޔަފާރި 13 May 2025 | 10:31

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރުގައި އެޗްޑީސީގެ އޮފީހެއް ހުޅުވައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 'ވިނަރެސް' ޓަވަރު 6 ގައި އެޗްޑީސީގެ ކަސްޓަމަރ ކެއާ އޮފީހެއް ހުޅުވައިފިއެވެ.

މި އޮފީސް ގާއިމްކޮށްފައިވަނީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ. މި އޮފީސް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް ހުޅުވިފައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މިއީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމަރ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެއް ކަމަށެވެ.

އެގޮތުން، ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް މި އޮފީހުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

'އެޗްޑީސީން އިތުރަށް ހިޔާ' ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނެ 'ވިނަރެސް' އެޗްޑީސީ އޮފީހުން ކަމަށެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ އެ ކޯޕަރޭޝަނުން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގަފަހިކޮށްދިނުމަށް ކަމަށްވެސް ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
09 Oct 2026 ހަބަރު

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި

‏އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި އެވެ. އެ ތަކެތި ވިއްކަން ހުރީ ހުޅުމާލެ ފޭސް ދޭއް ގައި ހުންނަ ފިހާރައެއްގަ އެވެ. ފުލުހުން ބުނީ އެ ފިހާރާގައ...

ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
08 Oct 2026 ހަބަރު

ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ

އީފާހުގެ ހިދުމަތްތަކާ ގުޅޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މޮބައިލް ހެލްޕް ޑެސްކެއް މި ހަފުތާ ބަންދުގައި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ގާއިމްކޮށް ހިދުމަތް ދިނުމަށް ނިންމައިފިއެވެ. މި ހެލްޕް ޑެސްކު ކުރި...

ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
08 Oct 2026 ހަބަރު

ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދޫނި ގެންގުޅޭ ފަރާތްތަކަށް ހާއްސަ ހަރަކާތެއް މި ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މި ހަރަކާތް ކުރިއަށް ގެނ...

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި
08 Oct 2026 ހަބަރު

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި

ހުޅުމާލޭގައި ހިންގާ ހޮތާ، ކެފޭ އަދި ޓޭކްއަވޭ ތަކުން ގަވާއިދާ ހިލާފަށް ހުޅުމާލޭ ދުވާރުމަތީ ގޮނޑިއާއި މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އި...

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
07 Oct 2026 ހަބަރު

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު

ހުޅުމާލެއިން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ 12،000 އަށް ވުރެ ގިނަ ފްލެޓުގެ ތެރެއިން ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ދެބައިކުޅަ އެއްބައި ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ...