ފުރަގަސްފަރާތް ބޭނުން ކޮށްގެން މަސްތުވާތަކެތި އެތެރެ ކުރަން އުޅުން ގައިދީއަކު އަތުލައިގަންފި
ފުރަގަސްފަރާތް ބޭނުން ކޮށްގެން މާފުށި ޖަލުގެ ގައިދީއަކު މަސްތުވާތަކެތި އެތެރެ ކުރަން އުޅެފިއެވެ.
އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާފުށި ޖަލަށް ގެނައި ޤައިދީއެއް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބުނު ކަމަށެވެ.
މިކަމާއި ގުޅިގެން އެ ގައިދީގެ ހަށިގަނޑުގެ އެކްސްރޭ ނެގައި ބެލިއިރު ފުރަގަސް ފަރާތް ބޭނުން ކޮށްގެން މަސްތުވާތަކެތި ވައްދަން މަސައްކަތް ކޮށްފައިވާކަމަށެވެ.
އަދި މި މަސްތުވާތަކެތި ފުލުހުންނާއި ގުޅިގެން ވަނީ އަތުލައިގަނެވިފައިވާކަމަށް ވެސް ކޮމިޝަނަރ ވިދާޅުވެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް