ރައީސް އޮފީހުގެ މިނިސްޓަރު ސަމީރު/ ފޮޓޯ: ރާއްޖެއެމްވީ
ރައީސް އޮފީހުގެ މިނިސްޓަރު ސަމީރު/ ފޮޓޯ: ރާއްޖެއެމްވީ
ހަބަރު 23 Mar 2023 | 08:37

އަޅުގަނޑު މަންމަ ބުނުއްވީ ދަރިފުޅު ދެން ވަންނަންވާނީ އެމްޑީޕީއަށޭ: ސަމީރު

ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގަތުމަށް މަންމާފުޅު އެދިލެއްވިކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ނިކުތުމަށް ނިންމުމާއި ގުޅިގެން އެ ޕާޓީން އިސްތިއުފާދެއްވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ބައި-އިލެކްޝަންގެ އެމްޑީޕީގެ ޖަލްސާ ރަސްމީކޮށް ފެއްޓެވުމަށް ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ސަމީރު ވިދާޅުވީ އެމްޑީޕީއަކީ ފަހަރެއްގައި އެބޭފުޅާއާއި ދުރު ޕާޓީއެއް ނޫން ކަމަށެވެ.

އެ ބޭފުޅާގެ މަންމާފުޅަކީ އެމްޑީޕީގެ ބޭފުޅެއްކަމަށާއި، ޖުމްޙޫރީ ޕާޓީން ވަކިވެވަޑައިގަތުމުން ދެން އެހެން ޕާޓީއަކާއި ގުޅިވަޑައިގަންނަ ނަމަ މަންމާފުޅުގެ ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް އެދިވަޑައިގެންނެވިކަމަށް އޭނާ ވިދާޅުވި އެވެ.

"ދާދިފަހުން އޭގެ ހާލަތަށް ރިއާޔަތްކޮށް (ޖުމްޙޫރީ ޕާޓީން) އިސްތިއުފާދީފައި ނިކުތުމުން އަޅުގަނޑު މަންމައާއި ބައްދަލުކުރަން ކޮންމެ ރެޔަކުވެސް ދަން. އެގޮތުގެ މަތިން ދިޔަ ދިއުމުގައި މަންމަ ބުނުއްވީ ދަރިފުޅާއޭ ކޮން ޕާޓީއަކަށް ހޭ ވަންނަން ތި އުޅެނީ؟ ދެން އަޅުގަނޑު އަހައިފިން މަންމާ، ކޮން ޕާޓީއަކަށްހޭ އަޅުގަނޑު ވަންނަންވީ؟ ބުނީމަ ބުނީ މަންމަ ޕާޓީއަށޭ ވަންނަން ވާނީ. ދެން އަޅުގަނޑު ސަމާސާކޮށްފައި އަހައިފިން، މަންމަ ޕާޓިއަކީ މިހާރު ކޮބައިހޭ؟ ބުނީމަ ބުނީ އެއީ އެމްޑީޕީއޭ! އެހެންވީމާ އަޅުގަނޑަށް އެމްޑީޕީ އަކީ ދުރު ޕާޓީއެއް ނޫން"

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު

އެކަން ފާހަގަކުރައްވާ ސަމީރު ވިދާޅުވީ އަދި ރަސްމީކޮށް އޭނާ އެމްޑީޕީއާއި ގުޅިވަޑައިގެންފައި ނުވާކަމަށެވެ. އަދި އޭނާ މިވަގުތު މަސައްކަތްޕުޅު ކުރައްވަނީ ރައީސުލްޖުމްޙޫރިއްޔާ އަންގަވާ ގޮތަކަށްކަމަށް އޭނާ ވިދާޅުވި އެވެ.

ސަމީރުގެ ވާހައިގައި ވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ ތެރެއިން އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ގޮތްޕަށް ވެސް ފާޑުކިޔުންތައް އަމާޒުކުރައްވާފަ އެވެ.

އެގޮތުން ނަޝީދަށް ފާދުކިޔުން އަމާޒުކުރައްވާ ސަމީރު ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުދެއްވަންވީ އިރުއިރުކޮޅާ ފިކުރު ބަދަލުނުކުރާނެ ބޭފުޅަކަށް ކަމަށެވެ.

ފިކުރު ބަދަލުކުރާ ނުވަތަ އިދިކޮޅު ފަރާތްތަކަށް ވޯޓުދީ އެ ފަދަ މީހަކު މަޖިލީހަށް ހޮވުމަކީ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅިގެންދާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދު ސަރުކާރަށް އެންމެ ބޮޑެތި ފިއްތުންތައް ކުރިމަތިކުރަމުންދަނީ ވާދަވެރި ސިޔާސީ ޕާޓީއަށްވުރެ އެމްޑީޕީގެ އެތެރެއިންކަމަށް އޭނާ ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.