މ. މުލަކުގައި ބޭއްވޭ އާބަންކޯގެ ވޮލީކޭމްޕްގެ ތެރެއިން
މ. މުލަކުގައި ބޭއްވޭ އާބަންކޯގެ ވޮލީކޭމްޕްގެ ތެރެއިން
ކުޅިވަރު 23 Apr 2023 | 03:43

އާބަންކޯ ވޮލީކޭމްޕް މިފަހަރު މ. މުލަކުގައި

ވޮލީ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން އާބަންކޯގެ ފަރާތުން ކޮންމެ އަހަރަކުވެސް ހުޅުމާލޭގައި ބާއްވަމުން އަންނަ ވޮލީ ކޭމްޕް މިފަހަރު މ.މުލަކުގައި ބޭއްވުމަށް ހަމަޖައްސާފިއެވެ.

އާބަންކޯއިން މިއަދު ނެރުން ނޫސް ބަޔާނެއްގައި ބިޔޯންޑް ހުޅުމާލޭގެ ދަށުން އާބަންކޯއިން ހުޅުމާލެއިން ބޭރުގައި ތަފާތު ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް މަސައްކަތްކުރުމާއި، އިޖްތިމާއީގޮތުން ކައުންސިލްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މިފަހަރު މ.މުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ ކޭމްޕް "ބިޔޯންޑް ހުޅުމާލެ އާބަންކޯ ވޮލީ ބޯލް ކޭމްޕް 2023"  އަކީ، މުލަކުގެ ދެޖިންސް ކުދިންނަށް އަމާޒުކޮށްގެން ވޮލީ ބޯލް ބޭސިކް ސްކިލްސްގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމާއި ކުދިންގެ މެދުގައި ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ހިންގޭ ކޭމްޕެއް ކަމަށް އާބަންކޯ އިން ބުނެފައިވެއެވެ.

މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޭޑް 7 ން 9 އަކާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ޖުމްލަ 50 އަށްވުރެ ގިނަ ކުދިން ހިމަނައިގެންނެވެ. އަދި މި ކޭމްޕް ކުރިއަށް ގެންދާނީ ފެސްޓިވަލެއްގެ ގޮތުގައި މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށެވެ.

މިއީ މ. މުލަކުގައި ހިންގާ ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް އެންޖީއޯ އާއި، މުލަކު ސްކޫލް އަދި ކައުންސިލާ ގުޅިގެން ކުރިއަށްގެންދެވޭ ހަރަކާތެއް ކަމަށްް އެ ކޯޕަރޭޝަން އިން ވަނީ ފާހަގަކޮށްފައެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ވެސް މާލެ ސަރަހައްދަށް އަމާޒުކޮށްގެން އަރބަންކޯގެ ފަރާތުން ވޮލީ ކޭމްޕް ބާއްވާފައިވާއިރު، މާލެ ސަރަހައްދުން ބޭރުގައި މި ކޭމްޕް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

އާބަންކޯ އިން ވަނީ މިފަދަ ކުޅިވަރުތައް ބޭއްވުމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި ތަރުހީބު ލިބިގެންދާކަން ފާހަގަކޮށް މި ކުޅިވަރުތަކުގެ ސަބަބުން ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ ކުޅިވަރަށް އޮންނަ ލޯބި އިތުރުވާކަމަށް ބުނެފައެވެ.

އެހެންކަމުން އެ ކޯޕަރޭޝަންގެ ފަރާތުން މުސްތަގުބަލުގައި ވެސް މިފަދަ ކުޅިވަރުތައް ބޭއްވުމަށް ރޭވިފައިވާ ކަމަށް ވަނީ ފާހަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

މުލަކު ސިއްހީ މަރުކަޒުން ބިދޭސީންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް އިއުލާންކޮށްފި
08 Oct 2026 ހަބަރު

މުލަކު ސިއްހީ މަރުކަޒުން ބިދޭސީންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް އިއުލާންކޮށްފި

މ. މުލަކު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ރެޖިސްޓަރޑް ނަރުހުން ހޯދުމަށް މިއަދު އިއުލާންކޮށްފިއެވެ. ދާއިމީ އެއް މަގާމަށް ހުޅުވައިލި މި ފުރުސަތުގައި ދެ ރޭންކެއް ހި...

އަންނަ އަހަރުގެ މާޗްގެ ނިޔަލަށް 40 ރަށެެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ: ރައީސް
22 Sep 2025 ހަބަރު

އަންނަ އަހަރުގެ މާޗްގެ ނިޔަލަށް 40 ރަށެެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ: ރައީސް

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސާޅީސް ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ، ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މ...

ރައީސް އިއުލާން ކުރެއްވުމެއް: އަންނަ އަހަރުގެ ބަޖެޓްގެ ބޮޑު ބައެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް
21 Sep 2025 ހަބަރު

ރައީސް އިއުލާން ކުރެއްވުމެއް: އަންނަ އަހަރުގެ ބަޖެޓްގެ ބޮޑު ބައެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް

އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަށައަޅުއްވާނީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު ...

އާރު.ޑީ.ސީ އިން މުލަކު ސްކޫލުގެ ފުޓްސަލް ގްރައުންޑްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް
01 Jul 2025 ހަބަރު

އާރު.ޑީ.ސީ އިން މުލަކު ސްކޫލުގެ ފުޓްސަލް ގްރައުންޑްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން މ. މުލަކު ސްކޫލުގެ ފުޓްސަލް ގްރައުންޑްގެ މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކޮށް އާރުޑީސީ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި މަސަ...

ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
04 Mar 2025 ހަބަރު

ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ދ. ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ. އާރުޑީސީން މިއަދު ބުނީ ކުޑަހުވަދޫގައި ޒަމާނީ ފެންވ...

މުލަކުގައި ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރާނެ މަރުކަޒެއް ގާއިމުކުރަނީ
28 Nov 2024 ހަބަރު

މުލަކުގައި ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރާނެ މަރުކަޒެއް ގާއިމުކުރަނީ

މ.މުލަކުގައި ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރާނެ މަރުކަޒެއް ގާއިމުކުރުމަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މުލަކު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މުލަކުގައި ފަތު...