އާރު.ޑީ.ސީ އިން މުލަކު ސްކޫލުގެ ފުޓްސަލް ގްރައުންޑްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން މ. މުލަކު ސްކޫލުގެ ފުޓްސަލް ގްރައުންޑްގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށް އާރުޑީސީ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި މަސައްކަތަކީ އާރުޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މިހާރު އެކުންފުނިން ކުރަމުން އަންނަނީ މުލަކު ސްކޫލުގެ ފުޓްސަލް ގުރައުންޑް އެއްވަރު ކުރުމާއި ބެކް ފިލިންގގެ މަސައްކަތެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި އާރު.ޑީ.ސީ އިން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކި ރަށްރަށުގައި ތަފާތު މަޝްރޫއުތަކެއް ހިންގަމުންނެވެ.
އާރު.ޑީ.ސީ އިން މި މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އެކުންފުނިން މި މަސައްކަތް އަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް