ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދ. ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.
އާރުޑީސީން މިއަދު ބުނީ ކުޑަހުވަދޫގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ދޮށިމޭނާ މަގުގައި ސްޓޯމް ވޯޓާ ލައިން އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ބުނީ ސްޓޯމް ވޯޓާ ޓޭންކް ބެހެއްޓުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުން ކަމަށެވެ.
އާރުަޑީސީން ދަނީ މ. މުލަކު މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަމުންނެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށު ސޯސަން މަގުގައި ދުވާރުގެ މަސައްކަތް އަދި މަގު އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ. މީގެ އިތުރުން ސައިޓުގައި ޕޭވްމަންޓް ބްލޮކް ކެނޑުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް