ދަ ޑިމޮކްރެޓްސް ގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފް--ފޮޓޯ/ ސަން
ދަ ޑިމޮކްރެޓްސް ގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފް--ފޮޓޯ/ ސަން
ހަބަރު 23 May 2023 | 07:55

މިވަގުތުގެ ޓާގެޓަކީ އަދި 3000 މެމްބަރުން ހަމަކުރުން: ދަ ޑިމޮކްރެޓްސް

އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފިން އުފައްދާފައިވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ މިވަގުތުގެ ޓާގެޓަކީ އަދި 3000 މެމްބަރުން ހަމަކުރުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

ހ. މައިޒާންދޮށުުގޭގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ މިވަގުތު މެމްބަރޝިޕް ފޯމުތައް ފުރަމުން ނުދާ ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ހޯދުމަށް ކަމަށެވެ. އަދި މެމްބަރުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އޭގެ ފަހުން ކަމަށް އަފްޝަން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މެމްބަރޝިޕް ފޯމު ފުރޭނީ އެ ހުއްދަ ލިބިގެން. އެހެންމަ އެހިސާބަށް އަޅުގަނޑުމެން މެމްބަރޝިޕް ފޯމު ފުރުމުގެ މަސައްކަތް މިއޮތީ ހުއްޓާލާފަ. ނަމަވެސް އެކަން މަޑުޖެހިފަ އޮތް ކަމުގަވީނަމަވެސް އަޅުގަނޑުމެން ވީހާވެސް ގިނަ ވޮލެންޓިއަރުން މިހާރުވެސް ރަޖިސްޓަރ ކުރަމުން އެބަ ގެންދަން" އަފްޝަން ވިދާޅުވިއެވެ.

މީގެ އިތުރުން އަފްޝަން ވިދާޅުވީ ރަޖިސްޓަރ ކުރަން ބޭނުންވާ ވޮލެންޓިއަރުންނަށް މިހާރުވެސް އެ ފުރުސަތު އޮތް ކަމަށާއި އެ ފަރާތްތަކަށް މާލޭގައި ނަމަ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ބޮޑުފެންވަޅުގޭގައި ކުރިއަށް ދާނެ ކަމަށެވެ. އަދި ރަށްރަށުގައި ޖަގަހަ ތަކުގައި އެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ޕާޓީ ރަޖިސްޓަރ ކުރުމުގެ ހުއްދަ ވީހާވެސް އަވަހަށް ދޭނެ ކަމަށް އީސީން ބުނެފައިވާ ކަމަށާއި ހުއްދަ ދިނުމާއެކު މެމްބަރުން ސޮއިކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި މިވަގުތުގެ ޓާގެޓަކީ ބަރާބަރު 3000 ފޯމު ހަމަކުރުން ކަމަށާއި އިތުރު މެމްބަރުން ސޮއިކުރުމުގެ މަސައްކަތް އޭގެ ފަހުގައިވެސް ކުރިއަށް ދާނެ ކަމަށް އަފްޝަން ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ ފިކުރެއްގެ ދިރުމުގެ ގޮފީގެ އައު ސިޔާސީ ޕާޓީ އުފައްދަން ބޭނުންވާ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައި ވަނީ އާދީއްތަ ދުވަހުއެވެ.

ދި ޑިމޮކްރެޓްސް އިން ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް އަށް ހުށަހަޅާފައިވާއިރު، އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަންވެސް ވަނީ ނިންމާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
11 Oct 2026 ހަބަރު

ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި

ހަތަރު ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމުގެ ބައި-އިލެކްޝަން ނޮވެންބަރު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ. އިލެކްޝަން...