ސްޕެގެޓީ އާލިއޯ އޯލިއޯ
ސްޕެގެޓީ އާލިއޯ އޯލިއޯ
ހަބަރު 23 Jun 2023 | 04:07

މި ހުކުރު ފަސޭހައިން ތައްޔާރު ކޮށްލެވޭ ސްޕެގެޓީ އާލިއޯ އޯލިއޯ ކިހިނެއް ވާނެ؟

ހުކުރު ދުވަހަކީ ބޮޑުކޮށް ކެއްކުމުގެ ދުވަހެއް ނަމަވެސް ބައެއް ފަހަރު ތަންކޮޅެއް ފަސޭހަ، މީރު އެއްޗެއް ތައްޔާރު ކޮށްލުމަކީ ކޮށްލަން ރަނގަޅު ކަމެކެވެ. އެހެންކަމުން، މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ ފަސޭހައިން ތައްޔާރު ކޮށްލެވޭ އާލިއޯ އޯލިއޯ ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ރޯ މަސް

10 ބޮޑު ލޮނުމެދު (ކުދިކޮށް ކޮށާފައި)

10 ހިކިމިރުސް (ނޫނީ ބޭނުން ވަރަކަށް)

2 ސައިސަމުސާ ލޮނު (ސްޕެގެޓީ ކައްކަން)

ސްޕެގެޓީ ބޮނޑިއެއް

1/2 ޖޯޑު އޮލިވް އޮއިލް

1 ނޫޑްލްސް ސޫޕް ޕެކެޓް

ހިކަނދި ފަތް

ފެން

1/2 ސައި ސަމުސާ އަސޭމިރުސް

ތެޔޮ (މަސް ކޮޅު ތެލުލަން)

ތައްޔާރުކުރާނެ ގޮތް

1) ލޮނުކޮޅަކާއި އަދި އަސޭމިރުސް ލައިގެން މަސްކޮޅު 5 މިނެޓް ވަރު ވަންދެން މެރިނޭޓް ކޮށްލާށެވެ. ދެން ތެޔޮ ފޮދުގެ ތެރޭގައި މަސްކޮޅު ތެލުލާލާށެވެ.

2) އެއަށްފަހު، ފެނާއި، ލޮނާއި، ކުޑަ ތެޔޮ ފޮދެއް އަޅައިގެން ފެން އެތި ކައްކާލާށެވެ. ފެން ކެކެން ފެށުމުން ސްޕެގެޓީ ކޮޅު އަޅާލައިގެން ސްޕެގެޓީ މަޑު ވަންދެން ކައްކާލާށެވެ.

3) ބޮޑު ތެއްޔަކަށް އޮލިވް އޮއިލްކޮޅު އަޅާ ހޫނު ކުރާށެވެ. ތެޔޮ ހޫނު ވީމައި ލޮނުމެދުކޮޅު އަޅާށެވެ. ލޮނުމެދުކޮޅަށް ރަންކުލަ އަރައި ކުޑަކޮށް މުރަނަ ވަންދެން މެދު ގިނީގައި ކައްކާށެވެ. ދެން ހިކަނދިފަތާއި ހިކިމިރުސް އަޅާފައި 2-3 މިނިޓުވަންދެން އަނެއްކާވެސް ކައްކާލާށެވެ. ކައްކަމުން ދާއިރު ގެންދަންވާނީ ހުރިހާ އެއްޗެއް އެއްކުރަމުންނެވެ.

4) ދެން، ތެލުލާފައި ހުރި ރޯމަސްކޮޅާއި ނޫޑްލްސް ސޫޕް ކޮޅު އެ ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން 2 މިނިޓުވަރު ހުރިހާ އެއްޗެއް އެއްކުރަމުން ކައްކާލާށެވެ.

5) ފަހު ކަމަކަށް، ސްޕެގެޓީކޮޅު ތެއްޔަށް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު 2 މިނެޓް ވަރު ކައްކާލާށެވެ.

އާލިއޯ އޯލިއޯ އެހުރީ ތައްޔާރު ވެފައެވެ.

ނޯޓް: ރޯމަސް ނެތް ނަމަ ވަޅޯމަސް ވެސް ބޭނުން ކޮށްލެވިދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.