މެމްބަރު ސައުދު---ފޮޓޯ: މަޖިލިސް
މެމްބަރު ސައުދު---ފޮޓޯ: މަޖިލިސް
ހަބަރު 23 Aug 2022 | 12:39

ލޯނު ނަގަން މަޖިލީހުގެ ރުހުން ހޯދަން ޖެހޭގޮތަށް އިސްލާހު ހުށައެޅީ ދައުލަތުގެ އަތް ބަންނަން: ސައުދު

ދައުލަތް ޒިންމާވާ ގޮތަށް ލޯނު ނަގާއިރު ރައްޔިތުންގެ ރުހުން ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ހުށައެޅީ ދައުލަތުގެ އަތް ބަނުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ގާނޫނަށް ހުށައަޅާފައިވާ އިސްލާހާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ، ގައުމު މިއޮތް ހާލަތުން ނަގައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ. އަދި މި ދަނޑިވަޅަކީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމަށް އެންމެ މުނާސަބު ވަގުތުކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މިހާރު ހުށައަޅާފައިވާ އިސްލާހަކީ ގައުމު ހަމަމަށް އެޅުމަށް ސަރުކާރުން މަސައްކަތްކުރުމަށް ހުރަސްއަޅާ ދައުލަތުގެ އަތް ބަނުމަށް ހުށައަޅާފައިވާ އިސްލާހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"މި އިސްލާހަކީ މި ވަގުތަށް ބަލައިގަންނަން އެހާ މުހިންމު އިސްލާހެއް ނޫން. މިހެން މި ދެންނެވީ ގައުމު މި އޮތް ހާލަތުން އަރައިގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ. މިއަދު މިހާލަތުން އަރައިގަތުމުގެ މަސައްކަތުގައި ދައުލަތުގެ އަތް ބަނދެ ކަންކަން ނުކުރެވޭ ހާލަތަށް ދައުލަތް ގެންދުމަށްޓަކައި މިފަދަ އިސްލާތުގައް ހުށައަޅައިގެން ކަންކަން ކުރުމަކީ އަސްލު ސަރުކާރު ހުއްޓުވަން ކުރަމުންދާ މަސައްކަތް" ސައުދު ވިދާޅުވިއެވެ.

ސައުދު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ދޭން ޖެހިފައި ހުރި ޚިދުމްތަކާއި ރައްޔިތުންގެ ބޭނުންތައް ވަރަށް ގިނަ ކަމަށެވެ. އެދި އެކަންކަން ފުއްދުމަށްޓަކައި ސަރުކާރުން ލޯނު ނަގަން ޖެހޭނެކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާއާއި ފިނޭންސް މިނިސްޓަރު އަބަދުވެސް މައުލޫމާތު ހިއްސާކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު ސައުދު ވިދާޅުވީ ލޯނު ނެގުމަށް ސަރުކާރަށް ލިބިފައިވާ ބާރުގައި މަޖިލީހުން ތަޅިއަޅުވަން ނުޖެހޭކަމަށެވެ. މަޖިލީހުގެ ރުހުން ނުލިބިގެން ލޯނު ނަގައިގެން ކުރަން ޖެހޭ ކަންކަން މަޑުޖެހިފައި އޮތުމަކީ ރައްޔިތުންނަށް މާ ބޮޑެތި ގެއްލުންތައް ވާނެ ކަމެއްކަމަށް ސައުދު ވިދާޅުވިއެވެ. އަދި މިހާރު ހުށައަޅާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.