ކުރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތުގެ ސުލޫކީ މައްސަލައެއް ބަލަނީ
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ސަފްވަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބަަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެެވެ.
ޖޭއެސްސީީން މިއަދު ބުނީ، ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ޚުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީނަމަވެސް، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ޚުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާކަމަށެވެ.
އެހެންކަމުން، މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތު ޙަބީބްގެ ސުލޫކީ މައްސަލައެއް ބަލަން އެކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، 2022 ނޮވެމްބަރ 16 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 82 ވަނަ ޖަލްސާގައި މިމައްސަލަ ތަޚްޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށްވެސް ޖޭއެސްސީީން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް