އާ އަހަރާއި ގުޅިގެން ބީއެމްއެލް ދެ ދުވަހަށް ބަންދުކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މީލާދީ އާ އަހަރުގެ މުނާސަބަތުގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތައް ދެދުވަހު ބަންދުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭގޮތުގައި 31 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުން ފެށިގެން 01 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބޭންކްގެ ބްރާންޗްތައް ބަންދުވާނެއެވެ.
ނަމަވެސް މި މުއްދަތުގެ ތެރޭގައިވެސް ސެލްފް ސަރވިސް އޭޓީއެމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ބޭންކްގެ ޚިދުމަތްތައް ލިބޭނެއެވެ.
މީގެ އިތުރުން ބޭންކްގެ ކަސްޓަމަރުންނަށް ކަސްޓަމަރ ސަރވިސްގެ ޚިދުމަތް ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ހޮޓްލައިން 3330200 އަދި ޓްވިޓަރ އަދި މެސެންޖަރ މެދުވެރިކޮށް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް