ނައިފަރުގައި އިމާމްވެ ތަރާވީޙް ނަމާދު ޙިފްޒުކޮށް ކުރަނީ ގްރޭޑް 8ގެ ދެދަރިވަރުން
މި ރަމަޟާން މަހު ނައިފަރުގެ މިސްކިތެއްގައި އިމާމްވެ ތަރާވީޙް ނަމާދު ޙިފްޒުކޮށް ކުރާނީ ގްރޭޑް 8 ގެ ދެ ދަރިވަރުން ކަމަށް ނައިފަރު ކައުންސިލުން ބުނެފިއެވެ.
ނައިފަރު ކައުންސިލުން އިއްޔެ ބުނީ މި ރޯދަ މަހު އެ ރަށު މަސްޖިދުއްތަގުވާގައި ހިފްޒުކޮށް، ތަރާވީސް ނަމާދު ކުރާނީ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ދެ ދަރިވަރުން ކަމަށްވާ، އަބްދުالله ހަޔާން ހަމީޒް އާއި އާސިރު އާރިފް ޔޫނުސް ކަމަށެވެ.
އެ ދެ ދަރިވަރުންނަކީވެސް މަދްރަސަތުލް އިފްތިތާޙްގެ ދެ ދަރިވަރުން ކަން ފާހަގަކޮށް ނައިފަރު ކައުންސިލުން ވަނީ އެ ދަރިވަރުން ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުންއެދި ދުޢާކޮށްފައެވެ.

މި ދަރިވަރުންނަކީ ނައިފަރުގައި އައްޝައިޚް އަލްޙާފިޘް އަޙުމަދު ނާޒިލް މުޙައްމަދު ހިންގާ ޙިފްޘް ކްލާހުގައި ޤުރުއާން ހިތުދަސްކުރަމުން އަންނަ ދަރިވަރުން ކަން ފާހަގަ ކުރެވެއެވެ.
އެ ދެ ކުދިން ވަނީ މިދިޔަ އަހަރު ނައިފަރުގެ މިސްކިތްތަކުގައި އިމާމުވެ، ދަމުނަމާދު ވެސް ކޮށްދީފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް