ސަދަން ސްޕޯޓްސް ވޮލީބޯޅަ މުބާރާތް: ޓީމް ވޯރިއަރސްގެ ފުރަތަމަ މޮޅު
ފިޠުރު އީދުގެ މުނާސަބަތުގައި އައްޑޫ ސިޓީގައި ކުރިއަށްދާ ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ މެޗް ޓީމް ވޯރިއަރސް އިން ކާމިޔާބު ކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މިމެޗު ޓީމް ވޯރިއަރސް އިން ކާމިޔާބު ކުރީ ސީދާ 0-3 ސެޓުންނެވެ.
ޓީމް ވޯރިއަރސް މެޗު ކާމިޔާބު ކުރީ ޓީމް ޕުޝްޕާއާއި ދެކޮޅަށް ކުޅެގެންނެވެ. މީ ޓީމް ޕުޝްޕާގެ ދެވަނަ ނާކާމިޔާބީއެވެ. ޓީމް ޕުޝްޕާ ވަނީ ފުރަތަމަ މެޗުންވެސް ޓީމް މީދޫ އާއި ކުޅެގެން 3-2 ސެޓުން ބަލިވެފައެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ވޯރިއަރސްގެ ޖާރޒީ ނަންބަރ 6، އައިޝަތު ޝީނާ އެވެ.
މި މުބާރާތުގެ 4 ވަނަ މެޗުގައި ކުޅޭނީ މީދޫ ވޮލީ ޓީމާއި ޓީމް އައިވީ އެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް