ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު/ ފޮޓޯ: މަޖިލިސް
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު/ ފޮޓޯ: މަޖިލިސް
ހަބަރު 24 May 2023 | 05:48

"ބޮންގޮއްވާލުމުގައި ބައިވެރިވި، އުމުރަށް ޖަލަށްލާފައިވާ މީހާއަށް މާފުދިން ސަބަބު ރައީސް ސާފުކޮށެއް ނުދިން"

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނުމުގައި ބައިވެރިވި، އުމުރުދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އަބްދުالله އަލިމަނިކު މާފުދިން ގޮތެއް މިހާތަނަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހާމަކޮށްދީފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން އިލިޔާސް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ ސަރުކާރު އަޑީގައި އޮވެގެން ދިން ހަމަލާއެއްކަން ފާހަގަކޮށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.

ނަޝީދަށް ބޮމުގެ ހަމަލާދިނުމުގައި ބައިވެރިވި ބައެއް މީހުން 

"މި ކަމުގައި (ބޮމުގެ ހަމަލާ ދިނުމުގައި) ބައިވެރިވި އެކަކި އަބްދުالله އަލިމަނިކު، އޭނާ އަކީ އުމުރުދުވަހަށް ޖަލުގައި ބަހައްޓާފައި ހުރި މީހެއް. 2019 ވަނަ އަހަރު އޭނަ ޖަލުން ދޫކުރީ ކީއްވެގެންތޯ؟ ކިހެނެއްތޯ؟ މިއަދާއި ހަމަޔަށްވެސް އެ ކޮމެޓީއަށް މައްސަލަ ލައިގެންވެސް އަދި އެ ނޫން ގޮތްގޮތުން ވެސް ބަލަބަލާ މި މީހާ ދޫވި ސަބަބަެއް ނޭނގޭ، ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ސިޓީވެސް ލިޔެފިން. ކިހެނެއް ވެގެންތޯ މާފުދީފަ ދޫކުރީ؟ ކޮން އުސޫލަކުން ތޯ؟ މިއަދާއި ހަމަޔަށް ވެސް ރައީސް އޮފީހަކުން ޖަވާބެއް ނުދިން"

މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު

އޭގެ އިތުރުން އިލިޔާސް ވިދާޅުވީ އެކަން ފެށިގެން އައި ހިސާބަށް ބަލާލާއިރު ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން ޔާގޫތު ގެ ކައިރީގައި ބޮމެއް ގޮއްވާލަން މަސައްކަތް ކޮށްފައިވާކަން ވެސް އެ ހަމަލާއާއި ގުޅިގެން ކުރެވުނު ތަހުގީގަށްފަހު އެކުލަވާލާފައިވާ ރިޕޯޓުން ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

ރައީސް ނަޝީދު ޔާގޫތު ގެއަށް ވަދެވަޑައިގަންނަވާ ވަގުތާއި، ނިކުމެވަޑައިގަންނަވާ ވަގުތު ފާރައަށް މީހުން ތިބޭކަން ދެނެގަނެވިފައިވާކަމަށާއި، ރައީސް ޞާލިހު ޖަލުހުކުމް މާފުކޮށްދެއްވި އަބްދުالله އަލިމަނިކަކީ، ރައީސް ނަޝީދަށް ފާރަލާން ޔާގޫތިގެ ކައިރީގައި ހުއްޓާ ފެނުނު މީހެއް ކަމަށާއި، އެކަން ރައީސް ނަޝީދުގެ ބޮޑީގާޑުން ރިޕޯޓުކޮށްފައިވާކަން ވެސް ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށް އިލިޔާސް ވިދާޅުވި އެވެ.

އެހެންކަމުން، އެފަދަ ނުރައްކާތެރި މުޖުރިމަކަށް މާފުކޮށް ދޫކޮށްލި ސަބަބާއި ގުޅިގެން ބޮޑެތި ސުވާލުތަކެއް އުފެދޭކަމަށް އިލިޔާސް ވިދާޅުވި އެވެ.

ނަޝީދަށް ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އިތުރު ބައެއް މީހުން 

"ކުރީ ބައިގަ ރާވާ ބަޔަކަށް މިކަން ހިންގަން ޖާގަ ދީފައި އޮތްކަނަށް އެބަ އެނގޭ. އަދި އެމީހުން މިކަން ކުރަމުން ދިޔަ އިރުވެސް އެކިއެކި ތަންތަނުން މީހުން މިކަމަށް ތައްޔާރުވަމުން ދާކަން އެބަ އެނގޭ. މި މީހުން ބައްދަލުވުންތައް ވެސް އެކި ތަންތަނުގައި ބާއްވާކަން ސަރުކާރަށް އެނގި ތިބެ އަޅާނުލާ ތިބެ އެންމެ ފަހުން މި ޖާގަ އާއި ފުރުސަތު މިކަން ހިނގާނެ ގޮތަށް ދީގެން ބަލަހައްޓައިގެން ތިއްބާ ބޮމެއް ގޮއްވާލީ"

މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު

އިލިޔާސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ ވާދަވެރިޔެއްގެ ފުރާނަ ދުއްވާލުމަށް ފަސްޖެހުމެއް ނެތި ފުރުސަތު ދެއްވައިގެން ހުންނަވާފައިވާކަން ފެންނަން އޮތް އިރު، މިފަދަ ބޭފުޅަކު ވެރިކަމުގައި ބަހެއްޓުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.

އިލިޔާސްގެ އިތުރުން ރައީސް ނަޝީދަށް ތާއީދުކުރައްވާ، އަދި އެމްޑީޕީން ވަކިވެވަޑައިގެން ބައެއް މެމްބަރުން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ސަރުކާރާއި ގުޅުވާ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވަނީ އެ ހަމަލާއަކީ ސީދާ ރައީސް ޞާލިޙު އަޑީގައި ހުންނަވައިގެން ދިން ހަމަލާއެއްކަމަށް ޔަގީންކުރެވޭކަމަށް ވިދާޅުވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް، ބިލިއަނަރު އެލަން މަސްކު ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
11 Oct 2026 ހަބަރު

ރައްޔިތުންގެ މަޖިލީހަށް، ބިލިއަނަރު އެލަން މަސްކު ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބިލިއަނަރު އެލަން މަސްކުގެ ސްޓާލިންކް ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ. ސްޕޭސް އެކްސް އިން ހިންގާ ސްޓާ ލިންކުންދޭ ހައި ސްޕީޑް އި...