ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް ހިފަހައްޓައިފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރު ޤައުމެއްގެ އުޅަނދެއް މޯލްޑިވްސް ޑިފެންސް ފޯސް އިން އަތުލައިގެންފިއެވެ.
އެމްއެންޑީއެފް އިން ބުނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ތެރޭގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ އުޅަނދެެއް އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ އުޅަނދެއް ކަމެއް އެމްްއެންޑީއެފުންން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދާތީ މީގެކުރިން ވެސް އުޅަނދުތައް އަތުލައިގަނެފައިވެއެވެ. ޤަވާއިދާ ޚިލާފަށް ވަންނަ މިފަަދަ އުޅަނދުތައް ދޫކޮށްލަނީ ޖޫރިމަނާ ކޮށްފައެވެ.
އާންމުކޮށް މިގޮތަށް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ތެރެއިން މަސްވެރިކަން ކުރާތީ ހިފަހައްޓާފައިނީ އިންޑިޔާ އާއި ސްރީލަންކާގެ މަސްވެރިކަން ކުރާ އުޅަނދުތަކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް