ޖޭޕީގެ ރައީސް ޤާސިމް އިބްރާހިމް: ފޮޓޯ: ޖޭޕީ
ޖޭޕީގެ ރައީސް ޤާސިމް އިބްރާހިމް: ފޮޓޯ: ޖޭޕީ
ހަބަރު 24 Jun 2023 | 12:48

ރައީސްކަން ބޭނުންވަނީ އެންމެ ސަބަބަކަށްޓަކައި؛ އިސްލާހައްޓަކައި: ޤާސިމް

ދިވެހިރާއްޖޭގެ ރައީސްކަމުގެ މަޤާމު ބޭނުންފުޅުވަނީ އިސްލާހީ މަސައްކަތްޕުޅު ކުރެއްވުމުގެ ބޭނުމުގައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޤާސިމް މިފަދައިން ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ސަބަބާއި، މިހާތަނަށް އެ މަސައްކަތްޕުޅު ކުރެއްވުމުގައި ގެންގުޅުއްވި ވިސްނުންފުޅުތަކާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.

ޤާސިމް ވިދާޅުވީ 1984 ވަނަ އަހަރުގެ ކުރީކޮޅު ސިޔާސީ މަސައްކަތްތައް ފެށީ ރާއްޖެއަށް ގެންނަންޖެހޭ ބޮޑެތި އިސްލާހީ ބަދަލުތައް ހުރުމުން އެ މަސައްކަތްތައް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެ މަސައްކަތްޕުޅު ފެއްޓެވީ އެއްވެސް ހާލަތެއްގައި ސިޔާސީ "ބޮޑު މަޤާމެއް" ބޭނުންފުޅުވެގެން ނޫންކަމަށް ޤާސިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ އަބަދުވެސް ރާއްޖެއަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް އެކި ސިފަސިފައިގައި މަސައްކަތްޕުޅުތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުތަކުން އަމަލުކުރަމުން އައިސްފައިވާ ގޮތަށް ބަލާއިރު، ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ފާހަގަކުރެވޭކަމަށް ޤާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ ދިރިއުޅުން ފުދުންތެރި ކުރުމަށް ކުރެވޭނެ އެތައް ކަމެއް ހުރެމެ، އެކަންކަން ސަރުކާރުތަކުން ކޮށްނުދީ މަޑުޖައްސާކަން ފާހަގަކުރެވޭކަމަށް ޤާސިމް ވިދާޅުވި އެވެ.

އެއާއެކު އޭނާ ވިދާޅުވީ ރައީސްކަން ބޭނުންފުޅުވަނީ ވެސް އިސްލާހަށްޓަކައި މަސައްކަތްޕުޅު ކުރެއްވުމަށް ކަމަށެވެ.

"އަޅުގަނޑު ނިކުމެ މި ހުރީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަކީ ސިޔާސީ ބޮޑު މަޤާމަކަށް ވާތީ، ބާރުވެރި މަޤާމަކަށް ވާތީއެއް ނޫން، އެކަން ކުރުމުގެ އަޅުގަނޑު ނިކުމެ މިހުރީ އެންމެ ސަބަބަކަށްޓަކައި، އިސްލާހައްޓަކައި. މި ޤައުމު އިސްލާހުކޮށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަޤްސަދަށްޓަކައި. ދިވެހިރައްޔިތުންގެ ކުރިއެރުމާއި، ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުމާއި، އެބައި މީހުންގެ ޖީބުތަކާއި، އެބައިމީހުންގެ ރިއުންތަކާއި، ކަރުނައެޅުންތަކާއި، އެބައި މީހުންނަށް ނާ އިންސާފުން ލިބޭ އަނިޔާތަކުން ސަލާމަތްކޮށްދީ މިންޖުކޮށްދިނުމަށްޓަކައި"

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް

ޤާސިމް ވިދާޅުވީ ރައްޔިތުންގެ ފައިސާ ސަރުކާރުން އިސްރާފު ކުރަމުންދާކަމީ މިއަދު ފެންނަމުންދާ ހަގީގަތް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ޤައުމު ތަރައްގީ ކުރެވޭނެ ސްޕީޑު ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެ ސްޕީޑުގައި ގައުމު ކުރިއެރުވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށްކަމަށް ޤާސިމް ވިދާޅުވި އެވެ. އަދި އެމަނިކުފާނަށް އެ ފުރުސަތު ރައްޔިތުން ދެއްވައިފިނަމަ، ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެކަމަށް ޤާސިމް ވަނީ ވިދާޅުވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.