ޢީދު ބަންދުގައި ކުއްލި ޙާލަތެއްގައި އައިޑީ ހައްދަން ޖެހިއްޖެނަމަ ޑީއެންއާރްގެ ހޮޓްލައިން އަށް ގުޅާލާ
އަޟްޙާ ޢީދު ބަންދުގައި ކުއްލި ޙާލަތެއްގައި އައިޑީ ކާޑު ހައްދަން ޖެހިއްޖެނަމަ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓޭޝަންގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް އެ ޑިޕާޓްމެންޓުން ބުނެފިއެވެ.
އަޟްޙާ ޢީދާއި ގުޅިގެން އަންނަ ހަފްތާގައި ސަރުކާރު އޮފީސްތައް ބަންދުވާނެއެވެ. އެއަށްފަހު ދެން ސަރުކާރު އޮފީސްތައް ހުޅުވާނީ ޖުލައި މަހުގެ 2ވަނަ ދުވަހުއެވެ.
ޑީއެންއާރްއިން ބުނެފައި ވަނީ މި ދުވަސްތަކުގައި ކުއްލި ހާލަތެއް މެދުވެރިވެގެން އައިޑެންޓިޓީ ކާޑެއް ހައްދަން ބޭނުންވާނަމަ، އެ ޑިޕާޓްމަންޓުގެ ހޮޓްލައިން ނަންބަރު 7280368 އަށް ގުޅުމުން ނުވަތަ މެސެޖެއް ކޮށްލުމުން ކާޑު ހެދުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް