ކުލަބު ޖީއެސްގެ ރައީސް ނާސިހު ޖައުފަރު އަދި ވޮއިސްގެ ސީއީއޯ މުހައްމަދު ސައުޒަމް
ކުލަބު ޖީއެސްގެ ރައީސް ނާސިހު ޖައުފަރު އަދި ވޮއިސްގެ ސީއީއޯ މުހައްމަދު ސައުޒަމް
ކުޅިވަރު 24 Jul 2023 | 05:21

ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް 2023، މީޑިއާ ޕާޓްނަރަކަށް ވޮއިސް!

ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރުގެ ޑިސެމްބަރު 20 ގައި ފެށުމަށް ހަމަޖެހިފައިވާ 2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފި އެވެ.

މީޑިއާ ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ކުލަބު ޖީއެސްގެ ފަރާތުން ސޮއިކުރެއްވީ ކުލަބުގެ ރައީސް ނާސިހު ޖައުފަރު އެވެ. އަދި ވޮއިސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ސައުޒަމް އެވެ.

މި މުބާރާތާއި ބެހޭގޮތުން ވޮއިސް އަށް މައުލޫމާތު ދެމުން ކުލަބުގެ މެމްބަރު މުއްސަދު އަސްލަމް ބުނީ މިއީ ހޯރަފުށީގައި ވޮލީބޯޅަ ދިރުވައި އާލާކުރުމުގެ އިތުރުން ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި 2021 ވަނަ އަހަރު އެ ކުލަބުން ބާއްވަން ފެށި މުބާރާތެއް ކަމަށެވެ.

އެކި ސަބަބުތަކާއި ހުރެ މިދިޔައަހަރު މުބާރާތް ނުބޭއްވި ދިޔައީ، ނަމަވެސް މި ފަހަރު މި މަސައްކަތް ކުރަނީ ހުރިހާ ގޮތަކުން ވެސް ކުރީ މުބާރާތަށް ވުރެ ފެންވަރު ރަގަޅު މުބާރާތެއް ބޭއްވޭތޯ. އެގޮތުން ފުރަތަަމަ މުބާރާތުގައި ޗެމްޕިއަންކަން ޓީމަށް 10,000 ރުފިޔާ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މި އަހަރު އެ އަދަދު މިވަނީ 25,000 ރުފިޔާ އަށް ބޮޑުކޮށްފައެވެ. އަދި ރަނަރަޕް ޓީމަށް މި އަހަރު ވަނީ 10,000 ރުފިޔާ ހުށަހަޅާފައެވެ.

އިތުރަށް ވާހަކަ ދައްކަމުން މުއްސަދު ބުނީ މި މުބާރާތުގައި ހއ.ހޯރަފުށީގައި ހަރަކާތެރިވާ ކުލަބު ޖަމިއްޔާތަކާއި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު އޮނާނެއެވެ.

2021 ވަނަ އަހަރު ބޭއްވުނު ޖީއެސް ވޮލީބޯޅަ މުބާރާތުގައި ހަތަރު ޓީމު ބައިވެރިވިއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ޓީމެވެ.

މުބާރާތުގެ މުހިންމު ސުންގަޑިތައް:

2023 ސެޕްޓެމްބަރު 3 : ރަޖިސްޓަރީވުމަށް ހުޅުވާލުން

2023 އޮކްޓޯބަރު 1 : ރަޖިސްޓްރޭޝަނަށް ފޯމު ހުށަހެޅުމުގެ ފަހު ދުވަސް ( މި ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް)

2023 ނޮވެމްބަރު 1 : ޓީމު ލިސްޓް ހުށަހެޅުމަށް ހުޅުވާލުން

2023 ޑިސެމްބަރު 14 : ޓީމު ލިސްޓް ހުށަހެޅުމުގެ ފަހު ދުވަސް ( މި ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް)

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ހޯރަފުށީގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފުރޮޅު ފަޅައިގެންގޮސް ނުރައްކާތެރި އެކްސިޑެންޓެއް؛ އަނިޔާވި އެކަކު މާލެ ގެނެސް ފަރުވާދެނީ
28 Sep 2026 ހަބަރު

ހޯރަފުށީގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފުރޮޅު ފަޅައިގެންގޮސް ނުރައްކާތެރި އެކްސިޑެންޓެއް؛ އަނިޔާވި އެކަކު މާލެ ގެނެސް ފަރުވާދެނީ

ހއ. ހޯރަފުށީ އެއާޕޯޓް މަގުގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތު ފުރޮޅު ފަޅައިގެން ގޮސް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކަށް މާލެ ގެނެސް ފަރުވާދޭން ...

ހޯރަފުށީ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓުގެ ރައްކާތެރިކަމާ ގުޅޭ ސެޝަންތަކެއް ބާއްވައިފި
28 Aug 2026 ހަބަރު

ހޯރަފުށީ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓުގެ ރައްކާތެރިކަމާ ގުޅޭ ސެޝަންތަކެއް ބާއްވައިފި

ހއ. ހޯރަފުށީ ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ގޭތެރޭގައި ކަރަންޓު ބޭނުންކުރާއިރު ރައްކާތެރިވާނެ ގޮތްތައް ދަސްކޮށްދިނުމުގެ ޚާއްޞަ ސެޝަންތަކެއް ފެނަކަ ކޯޕަރޭޝަނުގެ ހޯރަފުށީ ބްރާންޗާ ...

ހޯރަފުށީ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް 1000 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފި
23 Aug 2026 ހަބަރު

ހޯރަފުށީ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް 1000 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފި

ހއ. ހޯރަފުށީގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން 1000 ކިލޯވޮޓްގެ އައު ޖެންސެޓެއް އެ ރަށަށް މިއަދު ގެންގޮސްފިއެވެ. މި ޖެންސެޓް ގެނައުމާ ހަމައަށް ހޯރަފުށީ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަ...

ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުގެ ކުދިންތަކެއް މާރާމާރީ ހިންގި މައްސަލަ ފުލުހުން ބަލަން ފަށައިފި
15 Jul 2026 ހަބަރު

ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުގެ ކުދިންތަކެއް މާރާމާރީ ހިންގި މައްސަލަ ފުލުހުން ބަލަން ފަށައިފި

ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކު، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށަ...

ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
06 Jul 2026 ހަބަރު

ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި

ހއ.ހޯރަފުށީ ފަރުމައްޗަށް ބޮޑު މަހެއް ލައްގައިފިއެވެ. މި ބޮޑުމަސް ލައްގާފައިވަނީ ހޯރަފުށީ ހުލަނގުފަރާތު މަރުމައްޗަށެވެ. މިކަމާ ގުޅޭގޮތުން ހޯރަފުށި ކައުންސިލުން ބުނީ ލެއްގި ބޮޑުމަސް އެ ސަރަހައްދުން ނެގު...

ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓު ކުރާން އެދިއްޖެ
25 Jun 2026 ހަބަރު

ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓު ކުރާން އެދިއްޖެ

ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައި، ނަން ނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ނެރުނު ...