އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް
ދުނިޔެ 24 Aug 2022 | 13:42

700 ސަފްހާގެ ސިއްރު ލިޔުންތަކެއް ޓަރަމްޕު ދިރިއުޅުއްވާ ރިސޯޓުން ހޯދައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ދިރިއުޅުއްވަމުން ގެންދަވާ ފްލޮރިޑާގެ ޕާމް ބޯޗުގެ މާރް-އަ-ލާގޯގައި ހުންނަ ރިސޯޓުން 700 ސަފްހާގެ ސިއްރު ލިޔުންތަކެއް ހޯދާފައިވާކަމަށް އެ ގައުމުގެ ގައުމީ އަރުޝީ(ނެޝަނަލް އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަނުން) ހާމަކޮށްފިއެވެ.

އެ އިދާރާއިން ބުނީ އެ ލިޔުންތައް ހޯދައިފައިވަނީ އެމެރިކާގެ އެފްބީއައިގެ އެޖެންޓުން މި މަހުގެ 8 ވަނަ ދުވަހު ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ، ޓްރަމްޕުގެ ރިސޯޓް ކަމަށްވާ މާރްއާލޯގޯ ރެސޯޓަށް ވަދެ ހިންގި އޮޕަރޭޝަންގައެވެ.

އެފް.ބީ.އައި.އިން ވަނީ ވައިޓް ހައުސްގެ ލިޔެކިޔުންތައް ހުރި 20 ފޮށިގަނޑު ހޯދާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ޤައުމީ ސަލާމަތާ ގުޅުންހުރި މަޢުލޫމާތުގެ މައްޗަށް އެކުލެވޭ ސިއްރު ލިޔެކިޔުންތައް ހިމެނެއެވެ.

އެ ޤައުމުގެ ޤައުމީ އަރުޝީފުން ޖަނަވަރީ މަހު ވެސް ވަނީ ޓްރަމްޕް ވަގަށް ގެންދަވާފައިވާ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހޯދާފައެވެ.

އެމެރިކާގެ ނެޝަނަލް އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަނުން ތުހުމަތުކުރާގޮތުގައި 2021 ވަނައަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ރިއާސީ ދައުރު ފުރިހަމަ ކުރައްވައި ޓްރަމްޕް ވައިޓްހައުސްއިން ނުކުމެ ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ވައިޓް ހައުސްއިން ގިނަ އަދަދެއްގެ ރަސްމީ ހައްސާސް ލިޔުންތައް ވަގަށް ގެންދަވާފައެވެ.

އެހެން ނަމަވެސް ޓްރަމްޕު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި އޭނާ ދިރިއުޅުއްވާ ގެއިން ފެނުނު ލިޔުންތަކަކީ އެފްބީއައި އޭޖެންޓުން ދުރާލާ ރާވައިގެން ބެހެއްޓި ލިޔުންތަކެއްކަމަށް ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.