މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށް އަންދާލައިފި
މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށް އަންދާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ ކަމުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.
މީޑިއާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ގެއެއްގެ ބޭރުގައި ހުރި އެ ސައިކަލު އޮތީ އެއްކޮށް އަނދައި، އަޅިއަށް ވެފަ އެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން ދާއިރު މި އަހަރުގެ ފެބްރުއަރީ މަހު ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރީ ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެ އޮފިސަރަށް އިންޒާރުދީ، އޭނާގެ ސައިކަލުގައި ވެސް ރޯކޮށްލި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް