ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި މާދަމާ ސޮއިކުރަނީ
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ކުންފުންޏަކާ ދެމެދު ސޮއި ކުރުމަށް މާދަމާ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9ގައި މީރުމާ އިވެންޓް ހޯލުގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
މި މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)އަށް ހަވާލުކޮށްފަ އެވެ.
ޖޭއެމްސީ ކުންފުންޏަކީ އިމާރާތްކުރުމުގެ ދާއިރާ އާއި ހަކަތައިގެ ދާއިރާގެ ބޮޑެތި މަޝްރޫއުތައް ހިންގާ އިންޑިއާގެ ބޮޑު އިންފްރާސްޓްރަކްޗާ ކުންފުންޏެކެވެ.
މި މަޝްރޫއުގެ މަސައްކަތް ނިންމައި 2024ގައި އެއާޕޯޓުން ހިދުމަތް ދޭން ފަށަން ހަމަޖެހިފަވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ގާއިމްކުރާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް