ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ހުޅުމާޅެ ފަޅު ތެރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 19:55 ހާއިރު ކަމަށާއި މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއަށް ވަންނަ ނެރާއި ދިމާލުން ލޯންޗަކާއި ޑިންގީ އެއް ޖެހިގެންނެވެ.
މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން ދެމީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި އަދި އަނެއް ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ހަތަރު މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އަނިޔާވި ހަތަރު މީހުންނަކީވެސް އެވަގުތު އެކްސިޑެންޓުވި ޑިންގީގައި ތިބި ހަތަރު މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އެ އިދާރާއިން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް