ދިވެހި ބަހުން ވާހަކަދައްކާ ފުރަތަމަ ވާޗުއަލް އެސިސްޓެންޓް "އެވީ" އުރީދޫން ތައާރަފްކޮށްފި
އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އުފައްދާފައިވާ، ދިވެހި ބަހުން ވާހަކަދައްކާ ފުރަތަމަ ވާޗުއަލް އެސިސްޓެންޓް "އެވީ" އުރީދޫ މޯލްޑިވްސް އިން މިއަދު ތައާރަފުކޮށްފި އެވެ.
އުރީދޫގެ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" ތައާރަފުކޮށްދެއްވީ މިއަދު މޭންހެޓަން ބިޒްނަސް ހޮޓެލްގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ، އަދި ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން އެވެ.
އުރީދޫން ތައާރަފްކުރި އެވީ މެދުވެރިކޮށް ކަސްޓަމާ ކެއާ ހޮޓްލައިން 929 ނަންބަރަށް ގުޅުމުގެ ބަދަލުގައި ބިލުތަކާ ބެހޭ މައުލޫމާތު ބަލާލެވޭނެއެވެ. އަދި ޑޭޓާ، ވޮއިސް އަދި އެސްއެމްއެސްގެ ބާކީ ހުރި ވަރު ބަލާލެވޭނެއެވެ.
އެވީ ތއާރަފްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަނީ އުރީދޫއަށް ޚާއްސަ ތާނަ ފޮންޓެއް ވެސް ތައާރަފުކޮށްފަ އެވެ. އެ ފޮންޓު ތައާރަފުކޮށްދެއްވީ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް