ރައީސް ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު 24 Oct 2022 | 13:03

"މޮރިޝަސް ކޮޅަށް ބުރަވެ ރައީސް ޞާލިހު ސިޓީ ފޮނުވީ ތަންދޮރު އެނގިނުލައްވާތީ"

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރުތައް ލިބެންޖެހޭކަމަށް ގަބޫލުފުޅުކުރައްވާ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅެއް ފޮނުއްވީ އެމަނިކުފާނަށް ތަންދޮރު އެނގިވަޑައިނުގަންނަވާތީކަމަށް ރާއްޖޭގެ ބަންޑާރަނައިބުގެ މަގާމު 10 އަހަރު ފުރިހަމަކުރައްވާފައިވާ އަދި ރާއްޖޭގެ ސަރަހައްދު ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޑރ މުނައްވަރު މިފަދައިން ވިދާޅުވެފައިވަނީ ޗާގޯސް މައްސަލައިގައި މޮރިޝަސްކޮޅަށް ސަރުކާރުން ވޯޓުދޭން ނިންމުމާއި ގުޅިގެން ހޫނު ބަހުސެއް އުފެދިފައިވާ ދަނޑިވަޅެއްގައި ނޫސްވެރިންނަށް ދެއްވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ޑރ މުނައްވަރު ވިދާޅުވީ ޗާގޯސްގެ ސިޔާދަތު މޮރިޝަސްއަށް ލިބެން ނުޖެހޭކަން ބަޔާންކޮށް ބައިނަލްއަގުވާމީ ކޯޓެއްގައި ރާއްޖެއިން ދިފާއުކުރަމުންދަނިކޮށް، އަދި ވަކިން ޚާއްސަކޮށް އެ މައްސަލަ މިހާތަނަށް ނުނިމި އޮތްވާ، މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތު ދޭން ޖެހޭކަމަށް ގަބޫލުކޮށް ސިޓީފުޅު ފޮނުވުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި މިއީ އެފަދައިން ވިދާޅުވާންވީ ވަގުތުވެސް ނޫންކަމަށެވެ.

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތު ދޭން ޖެހޭކަމާމެދު އޮތީ ބަހުސެއް ކަމަށާއި، ބައިނަލް އަގުވާމީ އެއްވެސް އިދާރާއަކުން އެކަން އެގޮތަށް ވާން ޖެހޭކަން ކަނޑައަޅާފައި ނުވާކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. އަދި މި ހާލަތުގައި ރައީސްގެ ސިޓީފުޅެއް މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވުމުން، ދުނިޔޭގެ ކަންކަން ހިނގާގޮތް އެމަނިކުފާނަށް އެގިވަޑައިނުގަންނަވާކަން ހާމަވާކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ.

"މޮރިޝަސްއަށް އެތާގެ މައްޗަށް ސިޔާދަތު ލިބިގެންވާކަން އެއީ ބަހުސެއް، ހީއެއް، އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން މޮރިޝަސްގެ ބޮޑުވަޒީރަށް އެކަން ގަބޫލުކުރާނެކަމަށް ސިޓީއެއް ފޮނުވުމަކީ އަޖައިބެއް. އެހެންނާ ދުނިޔެ ހިނގާގޮތް އެނގިވަޑައިނުގަންނަވަނީ، އެހެން ނޫނީ ހަމަ ތަންދޮރު ނުފިލަނީ، ބޮޑަށް ބުރަވެވެނީ އެހެން ކަމަށް"

ޑރ މުހައްމަދު މުނައްވަރު

ޑރ މުނައްވަރު ވިދާޅުވީ ގައުމަކާއި ދެކޮޅަށް ޝަރުއީ ކޯޓެއްގައި ވަކި ގޮތަކަށް ވަކާލާތު ކުރައްވަމުން ގޮސް ވަކި ހިސާބަކުން ދައުލަތުގެ ސްޓޭންޑް ބަދަލުކޮށް، އެ ގައުމަށް ތާއީދުކުރުމަކީ ރާއްޖެއާއި މެދު އޮންނަ ސީރިއެސްކަން ގެއްލިގެންދާނެ ކަމެއްކަމަށެވެ. އަދި އެއީ ރާއްޖެއަށް މަލާމާތް ރައްދުވާނެ ކަމެއްކަމަށެވެ.

ރައީސް ސޯލިހުގެ ސިޓީފުޅަކީ މިހާރު ކޯޓުގައި ކުރިއަށްދާ މައްސަލަ މޮރިޝަސްއަށް ދޫކޮށްލުމާއި އެއްފަދަ ކަމެއްކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އެ މައްސަލައިގައި ކުރި ހޯދަން އުނދަގޫވާނެކަމަށް ޑރ މުނައްވަރުގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.