ޑރ މުނައްވަރުގެ ޕްރެސްއަށްފަހު ރައީސް އޮފީހުން މިރޭ ކުއްލި ޕްރެސްއެއް ބާއްވަނީ
ޗާގޯސް މައްސަލައާއި ގުޅިގެން ޑރ މުހައްމަދު މުނައްވަރު ދެއްވި ޕްރެސް ކޮންފަރެންސްއާއި ވިދިގެން ރައީސް އޮފީހުން ކުއްލި ޕްރެސްއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
ޗާގޯސް މައްސަަލައާއި ގުޅިގެން ރައީސް އޮފީހުން ޕްރެސް ބޭއްވުމަށް ނިންމާފައިވަނީ މިރޭ 8:30 ގައެވެ.
މި ޕްރެސްގައި އެ މައްސަލައިގައި ރާއްޖެ ތަމްސީލު ކުރައްވާ އިސް ޕްރޮފެސަރު ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ޗާގޯސް މައްސަލައާއި ގުޅިގެން މިރޭ ރައީސް އޮފީހުން ޕްރެސް އެއް ބޭއްވުމަށް ނިންމާފައިވާއިރު، މިއަދު ހަވީރު ޑރ މުނައްވަރު ދެއްވި ޕްރެސްގައި ވަނީ ދައުލަތަށް ގިނަ ތުހުމަތުތަކެއް އަމާޒުކުރައްވާފައެވެ.
މިހާރު ސަރުކާރުން އެ މައްސަލައިގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށާއި، އަދި ޗާގޯސް މައްސަލައިގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރައްވާފައި ވަނީ ޑީލް ހައްދަވައިގެންކަމަށް ޑރ މުނައްވަރު ވަނީ ތުހުމަތުކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް