މެލޭޝިޔާގެ އައު ބޮޑުވަޒީރު އަންވަރު އިބްރާހިމް
މެލޭޝިޔާގެ އައު ބޮޑުވަޒީރު އަންވަރު އިބްރާހިމް
ދުނިޔެ 24 Nov 2022 | 09:21

މެލޭޝިއާގެ ބޮޑުވަރީޒުކަމަށް އަންވަރު އިބްރާހިމް

މެލޭޝިއާގެ 10 ވަނަ ބޮޑުވަޒީރަކަށް އަންވަރު އިބުރާހިމް ވެވަޑައިގެންފިއެވެ.

ފާއިތުވެދިޔަ ހަފްތާ ބަންދުގައި މެލޭޝިއާގައި ބޭއްވުނު އާންމު އިންތިޚާބުގައި ގާނޫނުހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އަންވަރު އިބުރާހިމްގެ ޕަކަތަން ހަރަޕަން (PH) ކޯލިޝަން އަށް ކަމަށް ވީނަމަވެސް އެ އިންތިޚާބުގައި ވަކި އެއްވެސް ޕާޓީއަކަށް ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ހޯދިފައެއް ނުވެއެވެ.

އެހެން ކަމުން މެލޭޝިއާގެ ރަސްގެފާނު، ކިންގް ސުލްތާން އަހުމަދު ޝާހު ވަނީ އަންވަރު އިބުރާހިމް އާއި އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބު މެލޭ-މުސްލިމް ޕެރިކަތަން ނޭޝަނަލް (PN)ގެ ލީޑަރ އަދި  ކުރި ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސިންއާއި މަޝްވަރާ ކުރައްވާފައެވެ.

އެ މަޝްވަރާތަކަށްފަހު، މިއަދު ރަސްގެފާނު އިއުލާން ކުރައްވާފައިވަނީ، އާ ސަރުކާރެއް އުފެއްދުމުގެ ފުސަތު ދެއްވާނީ، ގާނޫނުހަދާ މަޖިލިހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އަންވަރު އިބުރާހިމްގެ ކޯލިޝަނަށް ކަމުގައެވެ. އެހެން ކަމުން މިއަދު ހަވީރު މެލޭޝިއާގެ ގަޑިން 5:00 ގައި އާ ބޮޑުވަޒީރު އަންވަރު އިބުރާހިމް އަށް އައްޔަންކޮށް މަގާމުގެ ހުވާ ކުރައްވާނެ ކަމުގައި ރަސްގެފާނު ވިދާޅުވިއެވެ.

އަންވަރު އިބުރާހިމް އޭނާގެ ސިޔާސީ ހަޔާތް ފައްޓަވާފައިވަނީ 1971 ވަނަ އަހަރު އޭނާ އުފެއްދެވި މުސްލިމް ޔޫތު މޫވްމަންޓް އޮފް މެލޭޝިއާއިންނެވެ.

އަދި 90ގެ އަހަރުތަކުގައި އައި އޭޝިއަން ފައިނޭޝަލް ކްރައިސިއްގައި، އޭރުގެ ބޮޑުވަޒީރު މަހާތީރު ވަނީ އޭނާއަށްފަހު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެކަމަށް ބެލެވެމުން އައި އަންވަރު މަގާމުން ދުރުކޮށް، ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި އަދި ކޮރަޕްޝަންގެ ތުހުމަތުގައި 1998 ވަނައަހަރު އޭނާ ޖަލަށް ލައްވާފައެވެ.

އެއަށްފަހު އަންވަރުވަނީ 10 އަހަރު ޖަލުގައި ހޭދަ ކުރެއްވުމަށްފަހު އޭނާ ޖަލުން މިނިވަން ކޮށްފައިވަނީ 2018ވަނަ އަހަރުގެ އާންމު އިންތިޚާބުގައި، އިދިކޮޅު ފަރާތްތަކަށް އިންތިޚާބު ކާމިޔާބު ކުރެވުމާއި ގުޅިގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.