ކަނދުރާމައްޗަށް ގޯލު ޕޯސްޓެއް ވެއްޓި، އުލިގަމު ކުއްޖެއް ނިޔާވެއްޖެ
ކަނދުރާމައްޗަށް ގޯލު ޕޯސްޓެއް ވެއްޖި، ހއ. އުލިގަމު ކުއްޖެއް ނިޔާވެއްޖެއެވެ.
އުލިގަމު ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ކުޑަކުދިންތަކެއް ފުޓުބޯޅަ ކުޅެން އުޅުމުގެ ތެރޭގައި ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ.
އަހުމަދު ވިދާޅުވީ، އުމުރުން 10 އަހަރުގެ ކުއްޖާއަށް ލިބުނު އަނިޔާ އަށް ފަހު ގެންދިޔައީ އުލިގަމު ހެލްތު ސެންޓަރަށެވެ.
ގޯލު ޕޯސްޓު އެކުއްޖާގެ ކަނދުރާ މައްޗަށް ވެއްޓުމުގެ ސަބަބުން، ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވެއެވެ.
މަންޒަރު ދުށް މީހަކު މީޑިޔާއަށް ބުނެފައި ވަނީ، އެ ކުއްޖާގެ އަނގައިންނާއި ނޭފަތުން ވަރަށް ގިނައިން ލޭ އައި ކަމަށެވެ. އެ ކުއްޖާގެ ގައި މައްޗަށް ގޯލު ޕޯސްޓް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް