މިއަދު އޮތް ބައްދަލްވުމުގައި ފައްޔާޒް, އިސްލާހީ ބަދަލުތައް ތަފްސީލުކޮށް ދެއްވަނީ
މިއަދު އޮތް ބައްދަލްވުމުގައި ފައްޔާޒް, އިސްލާހީ ބަދަލުތައް ތަފްސީލުކޮށް ދެއްވަނީ
ހަބަރު 19 Apr 2026 | 11:47

ގާނޫނުއަސާސީ އާއި ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ވެރިކަމުގެ ވައްޓަފާޅި އާއި ރައްޔިތުންގެ މަޖިލީހާއި އިގުތިސާދީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހެޅުންތަކެއް ހުށަހަޅައިފި އެވެ.

މިއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްވެ ހުށައަޅާ ހުށައަޅަ އެވެ. އެ ހުށައެޅުންތަކުގެ ތަފްސީލް ހާމަކުރަން "ބޮޑު ބަދަލު" ނަމުގައި ދެ ބޭފުޅުން މިއަދު ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފަ އެވެ.

މި ހުށަހެޅުންތަކުގައި ވެރިކަމުގެ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމުގައި ހަމަޖައްސާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އެ މަގާމަށް ބޭފުޅަކު އައްޔަނުކުރާނީ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އައުލަބިއްޔަތު ވޯޓުން ކަމަށް ހުށަހަޅައިފައިވެ އެވެ. ސަރުކާރު ހިންގާ ވެރިޔާ ހޮވާނީ މިހާރެކޭ ވެސް އެއްގޮތަށް ރައްޔިތުންގެ ސީދާ ވޯޓުންނެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވެރިޔާ ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެ އެވެ.

ގާނޫނުއަސާސީ އަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވުމަށް އޯވާސައިޓް ކޮމިޝަނެއް ގާއިމުކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެ ކޮމިޝަނުގެ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ އާންމު ވޯޓުން ކަމަށް ހެދުމާއި، ކައުންސިލަރުންނާއި މަޖިލީހުގެ މެންބަރުން ހިމެނޭ ގޮތަށް ނޫނީ ބައެއް ކަހަލަ ބަދަލުތައް ނުގެނެވޭ ގޮތަށް ހެދުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި މަޖިލީހުގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެޅުމާއި، ގައުމީ މަސްލަހަތަށް ވަކާލާތު ކުރާނެ ގައުމީ މެންބަރުންނަށް ފުރުސަތު ދިނުމާއި، އަންހެނުންނަށް މަޖިލީހަށް އާދެވޭނެ އިތުރު ގޮތްތައް ހޯދުމާއި، މެންބަރުންގެ ރިކޯލް ވޯޓެއްގެ ނިޒާމު ގާއިމުކުރުން ހިމެނެ އެވެ.

އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި ސަރުކާރުގެ ފައިދާވާ ކުންފުނިތައް ސޮވްރިން ވެލްތު ފަންޑެއްގެ ދަށަށް ބަދަލުކުރުމާއި، ދައުލަތުގެ ޕްރޮކިއުމަންޓަށް ހާއްސަ މިނިވަން އިދާރާއެއް ގާއިމުކުރުމާއި، ގުދުރަތީ ވަސީލަތްތައް ފަނާކޮށް ދައުލަތުން ކުރަމުންދާ ބޮޑު އިސްރާފު ހުއްޓުވުމާއި، ބަޖެޓުގެ ބޮޑު ބައެއް އުފެއްދުންތެރި ދިވެހި ވިޔަފާރިވެރިން ބިނާކުރުމަށް ހާއްސަކުރުން ހިމެނެއެވެ. މީގެ އިތުރުން ޑެފިސިޓާއި ދަރަނީގެ ނިސްބަތް ގާނޫނީ ގޮތުން ކަނޑައެޅުމާއި، ދައުލަތުން ވިޔަފާރިވެރިންނާ އެކު ހަދާ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން ވެސް ހުށަހެޅުންތަކުގައި ހިމެނެ އެވެ.

މި ހުށަހެޅުންތައް ހުށަހަޅައިފައި ވަނީ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީން ގެނެސްދިން ކުރިއެރުންތައް ފާހަގަކުރައްވައި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ގިނަވެ ދިވެހިރާއްޖެ ދަރަނީގެ ދަންތުރައަކަށް ވެއްޓި ރައްޔިތުންގެ އަސާސީ ހައްގުތައް ހަނިވާން ފެށުމާ ގުޅިގެން، ބޮޑު ބަދަލެއް ގެނައުން މުހިންމު ކަމަށް ބަޔާންކޮށް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.