ހަނދުގެ ނުފެންނަ ފަޅިއަށް ޗައިނާގެ އުޅަނދެއް ފޮނުވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހަނދުގެ އިންސާނުންގެ ލޮލަށް ނުފެންނަ ފަޅިއަށް ޗައިނާގެ އުޅަނދެއް ފޮނުވައިފިއެވެ.
ޗަންގީ 4 ގެ ނަމުން ނަންދެވިފައިވާ މި އުޅަނދު ހަނދުގެ އެފަޅިއަށް ފޮނުވައިފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. މި އުޅަނދު، ހަނދުގެ ބިމުގެ ސަތަހައިގައި މިމަހުގެ ފަހުކޮޅުގައި ޖައްސާނެކަމަށް އެގައުމުގެ ޖައްވީ އިދާރާއިން ބުނެއެވެ.
މި އުޅަނދު ކާމިޔާބުކަމާއި އެކު ޖައްސައިފިނަމަ، ޗަންގީ 4 ވެގެންދާނީ ހަނދުގެ ނުފެންނަ ފަޅީގައި ޖައްސާ ފުރަތަމަ އުޅަނދަށެވެ. މި ފަޅިއާއި ބިމުން ގުޅުންތައް ބޭއްވުމަށް އުނދަގޫވާނެތީވެ، މިއަހަރުގެ މެއިމަހުގެ ޗައިނާއިން ވަނީ ޚާއްސަ ޖައްވީ ސެޓެލައިޓެއް ޖައްސާފައެވެ.
މި އުޅަނދުން ހަނދުގައި ގިނަ ސައިންޓިފިކް އެކްސްޕެރިމެންޓްތައް ކުރިއަށްގެންދާނެއެވެ.
ޗައިނާ ސަރުކާރުން ވަނީ 2022 ވަނަ އަހަރުގެ ކުރިން އެގައުމުގެ މީހަކު ހަނދަށް ފޮނުވުމަށް އަމާޒު ހިފާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް