ނާޒިމް ވާހަކަދައްކަވަނީ...
ނާޒިމް ވާހަކަދައްކަވަނީ...
ހަބަރު 08 Mar 2026 | 19:38

ދެ އިންތިހާބު އެއްކޮށް ނުބޭއްވުމަކީ ގާނޫނުއަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުމެއް ނޫން.: ނާޒިމް

ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެކުއެކީ ނުބޭއްވުމަކީ ޤާނޫނު އަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުން އޭރުހުރި ގޮތް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ ރައްޔިތުން މަޖިޅީސް ތަމްސީލް ކުރައްވާ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން ބޭއްވި މައްޗަންގޯޅި ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ޤާނޫނު އަސާސީ އެކުލަވާލި ދުވަސްވަރާއި އަދި ކުރީގެ ރައީސް މައުމޫން އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނާޒިމް ވިދާޅުވީ އެދުވަސްވަރުވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ހާއްސަ މަޖިލީހަށް ހުށަހެޅުމެއް ހުށަހަޅާ، އެ ހުށަހެޅުމަށް ތާއީދު ލިބި، އެ ހުށަހެޅުމަށް ވޯޓަށް ވެސް އެހިކަމަށެވެ.

އެހެންކަމުން މިއީ މިއީ ކުރެވި، ނިމިފަ އޮތް ބަހުސެއް ކަމަށާއި، އެއީ އޭރު ރައްޔިތުން ގޮތް ނިންމި ކަމެއްކަމަށްވެސް ނާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޕީއެންސީ ޖަލްސާގެ ތެރެއިން..

ދެ އިންތިހާބުގެ ތާރީހު ފަރަގުވެގެން ފުށުއަރައިގެން ދިޔައީ ކީއްވެގެންތޯ ވެސް އަޅުގަނޑުމެން އެބަޖެހޭ ބަލާލަން. އާދެ، އާ ގާނޫނުއަސާސީ އިސްލާހުކޮށް ތަސްދީގު ކުރުމާ އެކު، މިނިވަން މުއައްސަސާތަކެއް އުފަންވި. އޭގެ ތެރޭގައި މިނިވަން މުސްތަގިއްލު އިލެކްޝަންސް ކޮމިޝަނެއް ހަދަންޖެހޭ. އިންތިހާބާ ބެހޭ އާ ގާނޫނުތަކެއް ހަދަންޖެހޭ. އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މި އިންތިހާބީ ދާއިރާތައް ކަނޑައަޅަންޖެހޭ. އެ ގާނޫނުތައް ފަރުމާކޮށް، އެ ގާނޫނުތައް ފާސްކޮށް ނިމުމަށް ނެގި ވަގުތުގެ ސަބަބުން ދެ އިންތިހާބު ބާއްވާ ތާރީހު ފަރަގުވެގެން ދިޔައީ. މަޖިލިސް އިންތިހާބު 2008 ވަނަ އަހަރު ބާއްވާފަ، 2009 ވަނަ އަހަރުގެ މޭ މަހާ ހިސާބަށް މަޖިލިސް އިންތިހާބު ލަސްވެގެން ދިޔައީ މިދެންނެވި ގާނޫނުތައް ހެދުން ލަސްވުމުގެ ސަބަބުން

ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދެ އިންތިހާބާ ގުޅޭގޮތުން އެމްޑީޕީން ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަތައް ދައްކަމުންގެންދާކަމަށެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލަން އުޅޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އޮޅުވާލުމުގެ ނިޔަތުގައި ދައްކަމުންގެންދާ ވާހަކަތަކެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ޕީއެންސީ ޖަލްސާގެ ތެރެއިން..

ދެ އިންތިހާބު އެއްދުވަހަކާ ބޭއްވީމައި އެކަމުން ލިބޭނެ ފައިދާތަކެއް ހުރިކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މަޖިލީސް އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންނަށްވުރެ ރިޔާސީ އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ގިނަކަމަށެވެ. އެހެންކަމުން އެއްދުވަހާ ދެ އިންތިހާބު ބޭއްވުމުން މަޖިލިސް އިންތިހާބަށް މަޖިލިސްގެ މެންބަރުން ހޮވުމަށްވެސް ގިނަ ރައްޔިތުންގެ ޝާމިލުވުން ލިބިގެންދާނޭކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ މުސްލިމުންގިނަ އިންޑޮނޭޝިއާގައިވެސް މި ދެ އިންތިހާބު ބާއްވަނީ އެއްދުވަހުން ކަމަށާއި، ލެޓިން އެމެރިކާގެ ބައެއް ގައުމުތައް ކަމަށްވާ މެކްސިކޯ، އުރުގުއޭ އަދި ސީޝެލްސްގައިވެސް މިކަން ކާމިޔާބުކަމާއެކު ބާއްވަމުންގެންދާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ މިކަމަކީ ހެޔޮ ހިތުން އިހްލާސްތެރިކަމާއެކު ރައްޔިތުންނަށްޓަކާ ކޮށްދޭކަމަކަށް ވާތީ ރައްޔިތުން އެކަން ބަލައިގަންނާނެ ކަމަށާއި، ފެންނަ ނުފެންނަ ވޯޓެއް ނަގަނީ ރައްޔިތުންގެ އަޑުއެހުމަށްޓަކައި ކަމަށެވެ. އެހެންކަމުން މިއީ ލަދުގަނެ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށްވެސް ނާޒިމް ވަނީ މިރޭ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 
02 Nov 2026 ހަބަރު

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.